މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫގައި 12 އަހަރުގެ ކުއްޖަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ ފޭދޫގައި 12 އަހަރުގެ ކުއްޖަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ ފޭދޫގައި ހިންގި މާރާމާރީއެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކު ޒަހަމްކޮށްލާފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. މިހާދިސާގެ ރިޕޯޓް ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 13:35 ހާއިރު އެވެ.

މި ހާދިސާގައި އަނިޔާވި ކުއްޖާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.