މޯލްޑިވްސް ޕޮލިސް ސާވިސް

ފޭދޫގައި ކުނި އުކާލަން ދިޔަ ބިދޭސީއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގެ ފޭދޫގައި ކުނި އުކާލަން ދިޔަ ބިދޭސީއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއަކު ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މޫދުގައި އޮއްވާ ފެނިގެން އެ މައުލޫމާތު މިއަދު ހެނދުނު 9:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މީހާގެ ހަށިގަނޑު ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އަދި މި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ހުރި ކަމަކަށްވެސް ފުލުހުން އަދި ނުބުނެ އެވެ.

"މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މެސެޖުގައިވެ އެވެ.