އައްޑޫ ސިޓީ

ފޭދޫ ކުއްޖާ ޒަހަމްކޮށްލީ ގޭންގު މާރާމާރީއަކުން

ސ. ފޭދޫގައި އިއްޔެ 12 އަހަރުގެ ފިރިހެން ކުއްޖަކު ޒަހަމްކޮށްލީ ގްރޫޕް މާރާމާރީއެއްގެ ތެރެއިން ކަމަށް އެނގިއްޖެ އެވެ.

އަވަސްއިން ކަށަވަރު ކުރި އިރު ފޭދޫގައި ހަމަނުޖެހުމެއް ހިންގާފައި ވަނީ ދެ "ގޭންގެ" އްގެ މެދުގަ އެވެ. ޒަހަމްކޮށްލި އެ ކުއްޖާއަކީ ފޭދޫ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ދައިވަރެކެވެ އަދި އެ ކުއްޖާއަކީ ކުރިން ވެސް "ގޭންގެ" އްގައި ހަރަކާތްތެރިވާ ކުއްޖެއް ކަމަށް އެ ރަށުގެ ވާހަކަ ދައްކާ އިތުބާރު ސޯސްތައް ބުނެދެ އެވެ.

ކުއްޖާ ޒަހަމްކޮށްލި ހަމަނުޖެހުން ފެށުނީ މިދިއަ ހޯމަ ދުވަހުގެ ރޭގަ އެވެ. އަދި މާރާމާރީ ހިންގީ އިއްޔެ މެންދުރެއް ހާއިރު އެވެ. އެ މާރާމާރީގައި 12 އަހަރުގެ އެ ކުއްޖާ ގަޔަށް ވަޅި ޖަހައިވަނީ ޒަހަމް ކޮށްލާފަ އެވެ.

ޒަހަމްކޮށްލާފައިވާ އެކުއްޖާއަށް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ދޭން އެ ހޮސްޕިޓަލުން ދެކޮޅު ހަދަ އެވެ.

ފުލުހުން އެ މައްސަލަ ބަލަމުން އައި ނަމަވެސް އެ އިދާރާއިން ވެސް އެ ހަމަލާގެ މައުލޫމާތު ހިއްސާއެއް ނުކުރެ އެވެ. އަދި ކުޑަކުދީންގެ ކަންކަމާ ހަވާލުވެ އޮންނަ ޖެންޑާ މިނިސްޓްރީ އާންމުކޮށް ނެރޭ ބަޔާނެއް ނުނެރެ އެވެ. އަދި އައްޑު އަތޮޅު ހިތަދޫއަށް ނިސްބަތްވާ މިިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ޓްވީޓެއް އަދި ނާދެ އެވެ.

އައްޑޫގައި ކުޑަކުއްޖަކު ޒަހަމްކޮށްލާފައި މިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 އެހާކަންހާއިރު 13 އަހަރުގެ ކުއްޖަކު މަރާލައި ފޮއްޓަކަށްލުމަށް ފަހު ހުޅުމާލެއަށް އެއްލާލާފައި އޮއްވައި ފެނިފައި ވަނިކޮށެވެ.