އައްޑޫ ސިޓީ

ފޭދޫ މާރާމާރީ: ފަސް މީހުން ހައްޔަރު ކޮށްފި

އައްޑޫ ސިޓީ ފޭދޫގައި މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި މާރާމާރީ އާއި ގުޅިގެން ތުހުމަތަށް ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި، 21 އަހަރުގެ ދެ މީހުންގެ އިތުރުން 32 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މި މާރާމާރީގައި ހަތް މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އޭގެތެރެއިން ބައެއް މީހުނަށް ފޭދޫ ހެލްތް ސެންޓަރުގައި އަދި ހިތަދޫ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.