ކުށްކުރުން

އައްޑޫ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

Oct 20, 2020
1

ސ. އަތޮޅުގައި މާރާމާރީ ހިންގާ މީހަކު ވަރަށް ބޮޑަށް ޒަހްމްކޮށްލި ހާދިސާއާ ގުޅިގެން ފަށާފައިވާ ފުލުސް ތަހުގީގަށް މީހަކު ހައްޔަރުކޮށްފި އެވެ.

ދެ ގްރޫޕްގެ މެދުގައި ހިންގި އެ މަރާމާރާމާރީއާ ގުޅިގެން ތުހުމަތަށް ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން އިއްޔެ އެވެ.

ސ. ހިތަދޫގެ ދެ ގުރޫޕެއްގެ މެދުގައި މާރާމާރީ ހިންގައި ތޫނު ހަތިހާރުން ހަމަލާދީ މީހަކު ޒަހަމްކޮށްލީ މި މަހުގެ 19 ވަނަ ވަނަ ދުވަހުގެ ރޭގެ ދަންވަރު އެވެ. އެ ރޭގެ ހަމަލާ ތަކުގައި އެ މީހާގެ ހަށިގަނޑުން ވަރަށް ގިނަ ތަންތަން ޒަހަމް ކޮށްލާފައިވާއިރު އޭނާގެ އެއް އަތްތިލައިގެ އިންގިލިތައް ވެސް ޒަހަމްކޮށްލާފައި ވެއެވެ. އެ ހަމަލާއަށް ފަހު އޭނާގެ ހާލު ވަރަށް ދެރަވި އެވެ. ނަމަވެސް ފަހުން އިކްއޭޓޯރިއަލް ހޮސްޕިޓަލުން ބުނީ އޭނަގެ ހާލު ރަނގަޅު ކަމަށް ބުނެފަ އެވެ.