މޯލްޑިވްސް ޕޮލިސް ސާވިސް

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ގެއެއް ފާސްކޮށްފި

Nov 16, 2015
1
މީގެ ކުރިން ބަލައި ފާސް ކުރި ގެއްގެ ކައިރީގަި ފުލުހުން ހަރަކާތްތެރި ވަނީ -- އަވަސް ފައިލް ފޮޓޯ
0%
0%
0%

އަނެއްކާވެސް މ. ސެސްނާ ހިމެނޭ ސަރަހައްދު ބަންދުކޮށް އެހިސާބުގެ ގެއެއް ބަލައި ފާސް ކޮށްފި އެވެ. މިރޭ ފާސް ކުރީ އެ ސަރަހައްދުގައި ހުންނަ މ. ކުރިރުށްގެ އެވެ. ފުލުހުން ބުނީ އެގެ ބަލައި ފާސް ކުރީ މިހާރު ތަހުގީގު ކުރަމުން އަންނަ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކަމަށާއި ފުލުހުން މިރޭ އޭގޭ ހުރިހާ ތަނެއް ބަލައި ފާސް ކުރާނެ ކަމަށެވެ. މިރޭ ކުއްލި ގޮތަކަށް އަނެއްކާވެސް ގެއެއް ބަލައި ފާސް ކުރަން ވަނީ ކުރިރުއްގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ނޫސްވެރިންނަށް ނުވަދޭވެނެ ގޮތް ހަދައިގެނެވެ.

އެގެއިން ބަލަން ބޭނުންވި ތަންތަން ބަލައި ނިންމާލުމަށްފަހު ފުލުހުން އެގެއިން ގޮސްފައި ވަނީ މިރޭ 8:00 ޖަހާއެހަކަންހާއިރު އެވެ.

ކުރިރުއްގެ ބަލައި ފާސް ކުރި އިރު ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ގައި ބޮން ގޮއްވި ހާދިސާއާއި ބ. ހިބަޅިދޫން ފެނުނު ހަތިޔާރުތަކުގެ މައްސަލައާ ގުޅިގެން މީގެ ކުރިން އެ ސަރަަހައްދުން ސެސްނާ އާއި އެ އެހެން ގެއެއް ބަލައި ފާސްކުރި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ވިޝްލިސްޓް

މާލޭގެ ވިޔަފާރި ބަނދަރުގައި ޖަންކް ޔާރޑް އޮވެގެން ނުވާނެއެވެ. އެއީ ގޯހެކެވެ. އެއީ ކަންކަން ނުބެލެނީއެވެ. ތިގޮތަށް ހުޅުލޭގައި ވެސް ވަރަށް ގިނަ ޖަންކް ޔާރޑް ހުރެއެވެ. ހުޅުލޭގައި އާންމު ފަރާތް ތަކަށް ކެއުމުގެ ޚިދްމަތް ދޭ ހޮޓަލުގެ ފުރަގަސް ވަރަށް މުޑުދާރެވެ. އެއީ ވެސް ޖަންކްޔާރޑް އެކެވެ. ކަން މިހެން ހުރުމުން މިފަދަ ކަންކަން ސަރުކާރުގެ ތެރޭން އިސްލާހު ވާންވީ ނުވަތަ ކުރަންވީ ކޮން ދުވަހަކުން ތޯއެވެ. އެމްޕީއެލް މިހާރަށް ވުރެން ހަރުދަނާ ކޮށް އޮޕަރޭޓް ކުރެވޭނެ ގޮތް ހައްދަވައި އަދި އެމްޕީއެލް އާއި ސަރުކާރުގެ އެހެން ކުންފުނި ތަކަށް ބޭނުންވާ ބޭރު ފައިސާ މާރު ކުރަން އެފައިސާ ބްލެކް މާރކެޓަށް ނުނެރެ އެފައިސާ ބީއެމްއެލް އަށް ދީގެން ބީއެމްއެލް މެދުވެރިކޮށް އެފައިސާ މާރުކުރެވޭނެ ގޮތް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ހަދަން އެބަޖެހެއެވެ. ބަޖެޓް އަކީ ފެންސީ އެއްޗެކޭ ބުނުމުން ފިނޭންސް މިނިސްޓަރު ދެރަވާ ކަމުގައިވަނީ ނަމަ އެމްޕީއެލް އިން އެތައް ސަތޭކަ މިލިއަން ރުފިޔާ އެމްއެމްޕީއާރުސީ އަށް ޑޮލަރު ގަންނަ ނަމުގައި ދީ އެމްޕީއެލްގައި ތިބި ބޮޑުންގެ ބަޔަކާއި އަދި އެމްއެމްޕީއާރުސީގައި ތިބި ބޮޑުންގެ ބަޔަކު އަމިއްލަ ސިއްރު އެކައުންޓްސް ތަކަށް އޭގެއިން ބޮޑު ބަޔެއް ޑޮލަރު މާރު ކުރުމުގެ ނަމުގައި ނަގައިގެން ދާއިރު މިފަދަ ކަންކަމުގައި ފިނޭންސް މިނިސްޓަރު ދެރަ ނުވަނީ އެއީ އަމިއްލަ ފައިސާ އަށް ނުވާތީތޯއެވެ. ކޮން ކަމެއްތޯ ސަރުކާރު ކާމާލު ބަތްތައްޓަށް ހުށިޔާރު ކާލާ ކާލާ ކާލާ ކާލާ އޯއް އޯއް އޯއް ފެން ނުބޮނީސް ބަނޑު ބޮޑޫވެގެން ވައިލެވެން ފަށައިފިއެވެ. މިހެން ސަރުކާރުގެ ހުރިހާ ކުންފުނި ތަކުގެ ބޮޑުން މިކިޔަނީ. މިއަށް އެއްވެސް އިސްލާހީ ބަދަލެއް ސަރުކާރުގެ ކުންފުނި ތަކުގެ ބެލެނިވެރި ފަރާތަށް ފިނޭންސް މިނިސްޓްރީ ވާއިރު ނެގެނެވި އޮންނަނީ އެއީ ކީއްވެތޯއެވެ. އެފަދަ ކަންކަމާއި ނޫންތޯ ފިނޭންސް މިނިސްޓަރު ހަގީގަތުގައި ދެރަވާންވީ، މިރާއްޖޭގެ މިނިސްޓަރުން ނަކީ ވެސް ކަރަޕްޓް އިންޑިއަން ސްޓައިލް ކޮޕީ ކޮށްގެން އެ ޕޭސްޓް ކުރާ ބަޔެކެވެ. އެހެން ނޫންނަމަ މިފަދަ ކަންކަން ސަރުކާރުގެ ތެރޭން ހައްލު ވެގެން ދާނެ ނޫންތޯއެވެ. ކީއްވެގެންތޯ އެސްޓީއޯ އަށް ފުށް ސަޕްލައި ކުރި ފަރާތަށް އެސްޓީއޯ އިން ފައިސާ ދިނީ ގޯސް ފުށް ސަޕްލައި ކުރާއިރު ވެސް. އެމްއެމްއެކްސްޕޯރޓް އަކީ އެއީ އެސްޓީއޯ މީހުން ނަށް އެންމެ ބޮޑަށް ބައިއަޅާ ކުންފުނި ނޫންތޯއެވެ. ކޮންމެ ފުށް ބަސްތާ އަކުން ޑޮލަރެއް އެސްޓީއޯ ގެ ބޮޑުންނަނަށް ބަޔެއްގެ ގޮތުގައި ދެންނާ ޒައްގޫމު ވެސް ފުށަށް އަޅައިގެން އިންޑިއާގެ އެމްއެމްއެކްސްޕޯރޓް ރާއްޖެ އެތެރެ ކުރާނެެއެވެ. މިކަން މިއަދުތާ ފަޅާ އެރީ. މިކަން އެސްޓީއޯ އިން ކުރާތާ ޒަމާން ތަކެއް ވެއްޖެއެވެ. އެސްޓީއޯ ވެސް އެހާ ކަރަޕްޓް.. ސްޓެލްކޯ އެހާ ކަރަޕްޓް.. ތިމާވެށި މިނިސްޓްރީ އެހާ ކަރަޕްޓް.. އެމްޕީއެލް އެއީ ކަރަޕްޝަންގެ އައްޕަ... އެމްއޭސީއެލް އެހާ ކަރަޕްޓް.. އެމްޓީޑީސީ އެހާ ކަރަޕްޓް...ޓޫރިޒަމް މިނިސްޓްރީ ކަރަޕްޝަންގެ ހާލި.. އެމްއެމްޕީއާރުސީ ކަރަޕްޝަންގެ ކިއްލާ.. ދެން ކިހިނެއްތޯ ކަންކަން ރަނގަޅު ކުރާނީ މިގައުމުގައި. މިކަން ކަން ބަލަން މަތިކޮށްފައިވަނީ ފިނޭންސް މިނިސްޓްރީ އާއި ކަމަށްވާއިރު ފިނޭންސް މިނިސްޓްރީ އަމިއްލަ އަށް ފެނިގެން ސަރުކާރުގެ ކުންފުނި ތަކުގެ ޕްރޮކިއުމަންޓް ސިސްޓަމް ރަނގަޅު ކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345