ދުނިޔެ

އަނެއްކާވެސް ކެނެޑާގައި މުސްލިމެއް ގަޔަށް ވަޅި ހަރައިފި

ކެނެޑާގައި އަނެއްކާވެސް މުސްލިމަކަށް ހަމަލާ ދީފި އެވެ. ހަމަލާ ދިނީ އެ ގައުމުގައި ދިރިއުޅޭ ޕާކިސްތާން މީހެއް ކަމަށްވާ މުހައްމަދު ކާޝިފް 32، ގެއަށް ދަނިކޮށް މަގުމަތިންނެވެ. ކެނެޑާގައި މުސްލިމް އާއިލާއެއްގެ ފަސް މެމްބަރުންގެ ގައިގައި ލޯރިއަކުން ޖައްސައި ހަތަރު މީހުން މަރާލި ހާދިސާއަށް އަދި މިއުޅެނީ ދެތިން ހަފުތާ ނުވެގެނެވެ.

ކެނެޑާ އާންމުގެ ތެރޭގައި މުސްލިމުންނަށް ނަފުރަތަކުރާ މީހުން ވަރަށް ގިނަ އެވެ. މުސްލިމް އާއިލާއަށް ލޯރިން ހަމަލާ ދިނީ ވެސް މުސްލިމު އާއިލާއަލަށް ވާތީ ކުރާ ނަފުރަތެއްގެ ބޮޑު ކަމުންނެވެ.

މުސްލިމުންނަށް ހަމަލާދި ނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކެނެޑާ ސަރުކާރުން ބުނި ނަމަވެސް ސަރުކާރުން ގެންގުޅެނީ ވެސް މުސްލިމުންނާ ދެކޮޅުވެރި ސިޔާސަތެކެވެ.

ކާޝިފް ބުނީ ފުރަމަ ވަޅި ހެރީ އޭނާގެ ބުރަކައްޓަށް ކަމަށެވެ. އަދި އެނާ ލައިގެން ހުރި ހެދުމަށް ނިސްބަތްކޮށް "ކަލޭ ކީއްކުރަން ލައިގެން އުޅޭ ހެނދުމެއެއްހޭ" އެމީހުން ސުވާލުކުރި ކަމަށެވެ. އަދި މުސްލިމުންނަށް ނަފުރަތުކުރާ ކަމަށާއި ތިޔަ ހެދުން ލައިގެން އުޅެން ރަށަށް ދާށޭ ވެސް ބުނި ކަމަށެވެ.

ދެވަނަ ހަމަލާ ދިނީ އޭނާގެ އަތަށް ކަމަށް ކާޝިޕް ބުންޏެވެ. އަދި ތުނބުޅިއަށް ދަމައިގަނެއް އިސްތަށިތައް ކޮށާލައި "ތިޔަ ތުނބުޅި ޖަހައިގެން މި ގައުމުގައި ނޫޅެވޭނެ" ކަމަށް ވެސް އެމީހުން ބުނި ކަމަށެވެ.

ކާޝިފް ބުނީ ވަޅިން ހަމަލާ ދިން ތަންތަން ފަހަން ޖެހުނު ކަމަށާއި 14 ރޮދި ޖެހި ކަމަށެވެ. އަދި އޭނާ ސަލާމަތް ވުން އެއީ ރަހުމަތެއް ކަމަށާއި ދުރުގައި އޮތް ކާރެއްގައި ހަމަލާ ދޭން މީހުން ތައްޔާރަށް ތިބި ކަމަށެވެ.

ޖޫން ނުވަ ވަނަ ދުވަހު ކެނެޑާގައި މަގުހިނގާލަށް ނުކުތް މުސްލިމް އާއިލާއަކަށް ދިން ހަމަލާއާ ގުޅިގެން ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ހާދިސާގެ ސަބަބުން ޝޮކް ޖެހިވަޑައިގެންނެވި ކަމަށެވެ. އެއީ ރުޅިވެރިކަމާއި ނަފުރަތުގެ އަމަލެއް ކަމަށް ވިދާޅުވެ ބޮޑުވަޒީރު ވިދާޅުވީ މިނިވަންކަމާ ނުލައި ދީނީ ޝިއާރު ފާޅު ނުކުރެވޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޓެރަރިސްޓުންނަށް ލުއި ނުދެއްވާނެ ކަމަށާއި ގާނޫނުގައި ކަނޑައަޅާފައި އޮތް އެންމެ ބޮޑު އަދަބު ދެއްވާނެ ކަމަށެވެ.