ވިޔަފާރި

ސިލޯން ހޮޓެލްއިން ރާއްޖޭގައި ރިސޯޓު ހަދަން 27 މިލިއަން ޑޮލަރު އިންވެސްޓްކޮށްފި

Nov 17, 2015
2

ސްރީލަންކާގެ ސިލޯން ހޮޓެލް ކޯޕަރޭޝަން (ސީއެޗްއެމްއެލް) ކުންފުނިން ރާއްޖޭގައި 27.7 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ރިސޯޓެއް ތަަރައްގީ ކުރަން ނިންމައިފި އެވެ.

ޓޫރިޒަމް ހަބަރު ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައިވާ ގޮތުން ރާއްޖޭގައި 50 އެނދުގެ ރިސޯޓެއް ތަރައްގީ ކުރާނީ ސީއެޗްއެމްއެލްގެ ސަބްސިޑަރީ ދެ ކުންފުނި ކަމަށްވާ ސިލޯން ހޮޓެލް މޯލްޑިވްސް އާއި ޔުނައިޑެޓް ހޮޓް ކުންފުނި ގުޅިގެންނެވެ. އެ ގޮތުން ރާއްޖޭގައި 50 އެނދުގެ ރިސޯޓެއް ހެދުމަށް ބޭނުންވާ ފައިސާ ވެސް އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.

ސްރީލަންކާގެ ކުންފުންޏަކުން ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރަން ނިންމިއިރު، އެ ގައުމުގެ އެޓިކަން ސްޕެންސް ކުންފުނިން ދަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރަމުންނެވެ. އަދި އެ ގައުމުގެ ބްރައުން ގްރޫޕުންވެސް ރާއްޖޭގައި ރިސޯޓެއް ހަދާނެ ކަމަށް ވަނި އިއުލާނުކޮށްފަ އެވެ.