ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މަދު މިނިޓްކޮޅެއްތެރޭ ދެ ފަހަރަށް ވެކްސިން!

އިންޑިޔާގެ ކެރެލާގެ 65 އަހަރުގެ ފިރިހެނެއްގެ ގަޔަށް މަދު މިނިޓް ކޮޅެއް ތެރޭގައި ވެކްސިންގެ ދެ ޑޯޒް ޖަހައިފި އެވެ.
މި މީހާއަކީ ވެކްސިން ޖަހަން ދިޔައީ ތުރިވަނަންތަޕޫރަމްގެ އަލައްޕުޒާ ޑިސްޓްރިކްޓްގައި ހުންނަ ކަރުވައްޓަ ޕްރައިމަރީ ހެލްތު ސެންޓަރަށެވެ.

އޭނާގެ ގަޔަށް މީގެ ދެ ތިން މަސް ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފަ އެވެ. އެހެންވެ މިދިޔަ އަންގާރަ ދުވަހު އޭނާ ދިޔައީ އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާށެވެ. ނަމަވެސް އެތާނގައި ވެކްސިން ޖަހައިދޭން ތިބި ސިއްހީ އޮފިޝަލުންނަށް އޮޅިގެން އެމީހާގެ ގަޔަށް ދެ ފަހަރަށް އެ ދުވަހު ވެކްސިން ޖެހި ކަން އެނގުނީ އެ މީހާ ކުއްލިއަކަށް މާ ބޮޑަށް ބަލި ވުމުންނެވެ.

ވެކްސިން ޖެހިތާ އިރުކޮޅެއް ތެރޭ އެމީހާއަށް އޭނާއަށް ކޮންމެވެސް ގޮތްތަކެއްވާކަން އަދި ވަރަށް ބޮޑަށް ބަލިވާކަން އެނގުމުން އެތާ ކައިރީގައި ހުރި ހަރިޕަދް ތަލުކް ހޮސްޕިޓަލަށް ދިޔައީ އެވެ.

އެމީހާ ބުނި ގޮތުގައި އޭނާ ހީކުރީ ފުރަތަމަ ޖެހި އިންޖެކްޝަނަކީ އޭނާގެ ލޭގެ ޕްރެޝަރު މަތިކަމުން ޕްރެޝަރު ދަށް ކުރަން ޖެހި އެއްޗެއް ކަމަށެވެ. ދެ ވަނަ ފަހަރަށް އިންޖެކްޝަން ޖެހިއިރު ވެސް އޭނާ އެއްޗެކޭ ނުބުނެ ހުރީ އެހެންވެ އެވެ.

މި މީހާގެ ގަޔަށް އެއް ދުވަހަކު ވަރަށް ގާތްގާތުގައި ދެ ޑޯޒް ވެކްސިން ޖެހިފައިވާކަން ހެލްތު އޮފިޝަލުން ވެސް ޔަގީންކޮށްދެ އެވެ. ނަމަވެސް އެހާ ބޮޑު އޮޅުމެއް އެރީ ކީއްވެގެންކަމެއް އަދި އެމީހުން ވެސް ހާމައެއް ނުކުރެ އެވެ.