ފޭސްބުކް

ފޭސްބުކް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އެއް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ފޭސްބުކް ވެއްޖެ އެވެ.

ޔާހޫ ފައިނޭންސްއިން ބުނާ ގޮތުގައި ޖޫން 28 ވަނަ ދުވަހުގެ މާކެޓް ބަންދކުރި އިރު ފޭސްބުކްގެ އަގު ވަނީ 1.008 ޓްރިލިއަން އަށް އަރާފަ އެވެ. އަދި މިއީ އެ ކުންފުނީގެ ހަޔާތުގައި ކުންފުނީގެ އަގު ޓްރިލިއަން ޑޮލަރަށް އަރާއިގެން ދިޔަ ފަހަރެވެ. އެހެންކަމުން މިހާރު ފޭސްބުކް ޓްރިލިއަން ޑޮލަރުގެ ކުންފުނިތަކުގެ ލިސްޓްގައި ވަނީ ހިމެނިފަ އެވެ.

މުޅި ދުނިޔޭގައި ވެސް މިވަގުތު ޓްރިލިއަނުން އަގު ކިޔޭ އުޅެނީ ހަ ކުންފުންޏެކެވެ. އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު އެމެޒޯން (އެއް ޓްރިލިއަން) އާއި އެޕަލް (ދެ ޓްރިލިއަން) އަދި މައިކްރޮސޮފްޓް (ދެ ޓްރިލިއަން) ހިމެނެ އެވެ.

ފޭސްބުކް އަކީ މި ލިސްޓުގައި ހިމެނުނު 2000 ގެ އަހަރުތަކުގައި އުފައްދާފައިވާ ހަމަ އެކަނި ކުންފުންޏެވެ. އަދި ފޭސްްބުކް ވެފައިވަނީ މި ލިސްޓްގައި ހިމެނޭ އެންމެ ޒުވާން ކުންފުންޏަށެވެ.

ދެހާސް ހަތަރު ވަނަ އަހަރު އުފެއްދި ފޭސްބުކަކީ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން "ފޭސްބުކް" ގެ އިތުރުން އިންސްޓަގްރާމް އަދި ވަޓްސްއެޕް ވެސް ހިންގާ ކުންފުޏެވެ. އަދި އޭގެ އިތުރުން އެ ކުންފުނިން ދަނީ ވާޗުއަލް ރިއަލިޓީ ބްރޭންޑް އޮކިއުލަސް ވެސް ހިންގަމުންނެވެ.