ދުނިޔެ

އީރާންގައި ޓެލެގްރާމް މަނާ، އެކަމަކު 45 މިލިއަން މީހުން ބޭނުންކުރޭ

ދުނިޔޭގައި ނަގާ ކިޔާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އީރާންގައި އޮންނަނީ މަނާ ކޮށްފަ އެެވެ. އެހެނެއް ކަމަކު މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހަރަކާތްތެރިވާ އީރާން މީހުންގެ އަދަދު 55 މިލިއަނަށް ވުރެ ގިނަ އެވެ.

އީރާންގައި ޓެލެގްރާމް ބޭނުން ކުރުމަކީ ވެސް ކުށެކެވެ. ޓެލެގްރާމް ބޭންކޮށްފައި އޮތް ނަމަވެސް ސޯޝަލް މީޑިއާ އެޕްލިކޭޝަން ސްކޭން ފާމްތަކުން ބުނާ ގޮތުގައި އީރާންގައި ޓެލްގްރާމް ބޭނުންކުރާ އާބާދީ 45 މިލިއަށް ވުރެ އިތުރެވެ.

އީރާންގައި ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ވަގަށް ބޭނުން ކުރާކަން ކަމާ ބެހޭ އިދާރާތަކަށް ވެސް އެނގެ އެވެ.

އީރާންގެ ސްޓެޓިސްޓިކަލް ސެންޓަރުން ބުނާ ގޮތުން 15 އަހަރުން މަތީ އާބާދީގެ 65 ޕަސެންޓް މީހުންގެ އަގުތައި މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކައުންތައް ހުރެ އެވެ.

އީރާންގައި ޓެލެގްރާމް ބްލޮކް ކޮށްފައި އޮތް ނަމަވެސް ޓެލެގްރާމް މެދުވެރިކޮށް 15 ބިލިއަން މެސެޖް ފޮނުވާ ކަމަށް ސްޓެޓިސްޓިކަލް ސެންޓަރުން ބުނެ އެވެ. އެ އިދާރާއިން ބުނާ ގޮތުން އިރާން އަބާދީގެ 88،5 ޕަސެންޓް ވަޓްސްއެޕް ބޭނުންކުރެ އެވެ. އަދި 68 ޕަސެންޓް އިންސްޓާގްރާމް ބެނުންކުރެ އެވެ.

އީރާންގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރަނީ ސިޔާސީ ހަރަކާތްތައް ކޮންޓްރޯލްކުރާށެވެ. އާންމުން މަގުތަކަށް އެއްވާން ގޮވާލާ ފޭސްބުކާއި ޓްވީޓާ އެކައުންޓްތައް ހިންގާ މީހުންގެ ފަހަތުން ވެސް އީރާންގެ އިދާރާތަކުން ދުވެ އެވެ.