ބޮލީވުޑް

ބޮލީވުޑްގެ މަޝްހޫރު ތަރި، ސައީދު ޖައުފަރީ މަރުވެއްޖެ

Nov 17, 2015
1

ބޮލީވުޑްގެ މަޝްހޫރު އަދި ތަޖުރިބާކާރު އެކްޓަރު ސައީދު ޖައުފަރީ އުމުރުން 86 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާ މަރުވެފައި ވަނީ ލަންޑަނުގައ ދިރިއުޅޭ ގޭގައި އުޅެނިކޮށް ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސް ސްޓްރޯކެއް ޖެހިގެންނެވެ. އެއަށް ފަހު ހޭނާރައި އޮވެ މަރުވީ އެވެ.

އިންޑިއާގެ ޕަންޖާބަށް 1929 ވަނަ އަހަރު އުފަންވި ޖައުފަރީގެ އެކްޓިން ކެރިއަރު ފެށީ ތިއޭޓާ އެކްޓަރެއްގެ ގޮތުގަައަ އެވެ. އޭނާ އަކީ ބޮލީވުޑުން ބައިނަލްއަގުވާމީ ސްޓޭޖަށް ނުކުމެ މަޝްހޫރުކަން ހޯދި ތަރިންތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން "ދަ މޭން ހޫ ވުޑް ބީ ކިންގް" އާއި "އަ ޕެސޭޖު ޓު އިންޑިއާ" އަދި "ގާންދީ" ފަދަ ފިލްމުތަކަކީ އޭނާ ބޮލީވުޑުން ބޭރަށް އެކްސްޕޯޓްކޮށްދިން މަޝްހޫރު ފިލްމުތަކެވެ.

ބޮލީވުޑްގައި ވެސް އޭނާ ކުޅެފައިވާ ފިލްމުތަކުގެ އަދަދު 100 އިން މައްޗަށް އަރަ އެވެ.

އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމުގައިވާ ޖައުފަރީ އަކީ ޝީއައީ މުސްލިމެކެވެ. އޭނާގެ ކުދިންތަކުގެ ތެރެއިން ސަކީނާ ޖެފްރީ އަކީ އެމެރިކާގެ މަޝްހޫރު އެކްޓްރެސް އެކެވެ.