ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

މިރޭ ފަތިސް ނަމާދުން ޖަމާއަތް ފެށުމަށް އަންގައިފި

ޖަމާއަތުގެ ނަމާދެއް ފެށުމުގެ ކުރީން އިމާމު، މައުމޫމުންނަށް މައުލޫމާތެއް ހިއްސާ ކުރަނީ: މިރޭ ފަތިސް ނަމާދުން ފެށިގެން އަލުން ޖަމާއަތް ފަށަނީ -- އަވަސް ފޮޓޯ
50%
50%
0%

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކަށް ލުއިދީފައިވާތީ މިރޭ ފަތިސް ނަމާދުން ފެށިގެން ނަމާދުގެ ޖަމާއަތް ފެށުމަށް އިސްލާމިކް މިނިސްޓްރީން އިމާމުން އަންގައިފި އެވެ.

އެ މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ކާފިއު ވަގުތު ކުރުކޮށް ލޮކްޑައުން އުވާލާތީ މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ މިސްކިިތްތަކެއްގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ޖަމާއަތް ކުރިއަށް ގެންދާނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދުރުކޮށް ތިބެގެން ކަމަށް ބުންޏެވެ.

އަދި މިސްކިތަށް ދާއިރު މުސައްލަ ގެންދިއުމަށާއި ގައިދުރު ކަމަށް ހާއްސަ އިސްކަމެއް ދިނުމަށް އެ މިނިސްޓްރީން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

މާދަމާއިން ފެށިގެން ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 ކުރުކުރަން ވަނީ ނިންމާފަ އެވެ. ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅެން ފުލުހުން ދޫކޮށްފައިވާ ހާއްސަ ހުއްދަ އުވާލާ ހުއްދައާ ނުލައި އެ ގަޑިތަކުގައި ބޭރުގައި އުޅުމުގެ ހުއްދަ ދޭނެ އެވެ. އަދި ކާފިއު ނޫން ވަގުތު ހުރިހާ ވިޔަފާރިތަކެއް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ކާފިއު ނޫން ވަގުތުތަކުގައި ޑައިނިންގެ ހިދުމަތް ދެވޭނެ އެވެ.

ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް އަލުން ޓޫރިސްޓް ވިސާ ދޭން ވެސް ވަނީ ނިންމާފަ އެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910