ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

މިރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތައް ބަންދު ކުރަނީ

މިރޭ ފަތިސް ނަމާދުން ފެށިގެން މާލެގެ މިސްކިތްތައް ބަންދު ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މެއި 19 އިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދުކަނޑާލާފައިވީނަމަވެސް މިނިސްޓްރީގެ އެ ނިންމުމާއި ހިލާފަށް މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި ޖަމާއަތް ހަދަމުންދާތީ އާއި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އަދި މިއަދުން ފެށިގެން ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާތީ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރޭ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ މިސްކިތްތަކަށް ނުދެވުނު ނަމަވެސް ފަރުލު ނަމާދުތަކަށް ފަރުވާ ބެހެެއްޓުމަށާއި ސުންނަތް ނަމާދު ގިނަކޮށް ގުރުއާން ކިޔަވައި އިސްތިގުފާރުކޮށް މި ބަލިމަޑުކަމުން އަވަހަށް ސަލާމަތްކޮށް ދެއްވުން އެދި ގިނަ ގިނައިން ދުއާކޮށް އުޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ އަހަރު ކޮވިޑް ފެތުރެން ފެށި ދުވަސްވަރުވެސް ޖަމާއަތް ހުއްޓާލާ މިސްކިތްތައް ބަންދުކުރި އެވެ.

މިއަދު އަމަލުކުރަން ފެށި އާ ފިޔަވަޅުތަކާއެކު މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް 16 ގަޑިއިރު ކާފިއު ހިންގާނެ އެވެ. އަދި ކާފިއު ނޫން ވަގުތުވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޭ އެ ހުއްދައެއްގެ ދަށުންނެވެ.