ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނަމާދުގެ ޖަމާއަތް ނުހަދާ މުއްދަތު އިތުރު ކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލާފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މެއި މަހުގެ 11 ވަނަ ދުވަހު އެޅި ފިޔަވަޅުތައް ހަފްތާގެ މުއްދަތަށް އިތުރުކުރާ ކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު އެޅި ފިޔަވަޅުތަކަށް މިދިޔަ ބުދަ ދުވަހު ވަނީ ތަންފީޒު ކުރަން ފަށާފައެވެ. އެ ފިޔަވަޅުތައް އެޅީ ހަފްތާއެއްގެ މުއްދަތަށެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލުން ހިމެނެއެވެ.

އެންގުމުގައި ބުނެފައިވަނީ އެ މާލެ ސަރަހައްދުގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލާފައިވާ މުއްދަތު ހަފްތާއަކަށް އިތުރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ރާއްޖެއިން އިތުރު 1433 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 44،956 އަށް އަރާފަ އެވެ. މި ބަލީގައި 104 މީހަކު ވަނީ މަރުވެފައެވެ. އެއީ މި މަހުގެ 31 ވަނަ މަރެވެ. މި އަހަރުގެ 53 ވަނަ މަރެވެ.