މަރު

ޖަމީލާ އިބުރާހިމް ދީދީ އަވަހާރަވެއްޖެ

Jul 1, 2021

ކުރީގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން އަންނަބީލާ ޖަމީލާ އިބްރާހިމް ދީދީ އަވަހާރަ ވެއްޖެ އެވެ. އެކަމަނާ އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައި ކޮވިޑުގެ އާލާސްކަންފުޅުގަ އެވެ.

އެކަމަނާ އަވަހާރަވީ ރައްޔިތުންގެ މައި ހޮސްޕިޓަލް، ދަރުމަވަންތައިގަ އެވެ. ޖަމީލާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ސްޓޭޓް މިނިސްޓަރުކަން ކުރެއްވެވި އަހުމަދު ޝާތިރުގެ އަނބިކަނބަލުންނެވެ. އަދި އެއީ ހ. އެއްގަމުގޭ ގުލްފިޝާން ޝާތިރާއި ގުލިސްތާން ޝާތިރުގެ މަންމާފުޅެވެ.

މަދަރުސަތުލް ސަނިއްޔާގެ އަންހެން ގޮފި -- އަމީނިއްޔާ ސްކޫލް -- ފުރަތަމަ ދަރިވަރުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި އަދި ފުރަތަމަ ޖުމްހޫރިއްޔާގެ ހާއްސަ ހަރަކާތްތަކުގެ މުހިންމު ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.