ބިންހެލުން

ކޮލަންބޯގެ ދެކުނަށް ބިން ހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

ގިނަ އަދަދެއްގެ ދިވެހިން އުޅޭ އަވަށްޓެރި ސްރީލަންކާގެ ކޮލަންބޯގެ ދެކުނަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ އިރާކޮޅު 8:06 ގައި އައި ބިންހެލުމުގެ ފުންމިން ހުރީ 10 ކިލޯ މީޓަރުގައި ކަމަށެވެ. 5.2 މެގްނިޓިއުޑްގެ ބިންހެލުން އައި ސަރަހައްދާ ރާއްޖެއާ ދެމެދު 968 ކިލޯ މީޓަރު ހުރެއެވެ. ބިންހެލުމުގައި ކޮލަމްބޯއަށް އެއްވެސް ގެއްލުމެއްވީ ކަމުގެ އެއްވެސް މައުލޫމާތެއް އަދި ނެތެވެ.

މި ބިން ހެލުމުގެ އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.