ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 15 ވަނަ ދުވަހު އޮންނާނެ ކަމަށް އެ ބޭންކް އިން ބުނެފި އެވެ.
ބީއެމްއެލުން ބުނީ އެ ކުންފުނީގެ 38 ވަނަ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް ދައުވަތު އަހަރުވާ ކަމަށެވެ. ބޭންކުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ.
ބޭންކުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.
ޖަލްސާގެ އެޖެންޑާ
- 37 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
- 31 ޑިސެމްބަރު 2020 ގައި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުން
- ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން
- ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުން
- 2021 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ އުޖޫރަ ކަނޑައެޅުން
- ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުން
- ޑިރެކްޓަރުން ބޯޑުގެ މެންބަރުންގެ އުޖޫރައާމެދު ގޮތެއް ކަނޑައަޅައި ފާސްކުރުން
- ހިއްސާދާރުންގެ ޚިޔާލު ފާޅުކުރުން
ބީއެމްއެލް އިން ވަނީ މި ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވާ އައިޓަމްތަކުގެ އިތުރުން އެހެން އެއްވެސް އައިޓަމެއް ފާސްކުރުމަށް ހުށަހެޅިފައި ނުވާ ކަމަށް ބުނެފަ އެވެ. ަލްސާގެ އެޖެންޑާ އައިޓަމަކަށް ސުވާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މިމަހުގެ 11 ވާ އާދިއްތަ ދުވަހުގެ 2:00 ގެ ކުރން މި ބޭންކުގެ ކޯޕަރޭޓް އެފެއާޒަށް އީމެއިން ކުރަން އެދިފައިވެ އެވެ. އަދި ސުވާލު ފޮނުއްވާއިރު ހިއްސާދާރުގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރު ޖަހަންވެސް އެދިފައިވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިން ވެސް އަންދާޒާ ކުރެވުނު ފަދައިން ބޭންކުގެ ވިޔަފާރިއަށާއި އާމްދަނީ ލިބޭ މައިގަނޑު ގޮތެއްގައި އަސަރުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓަށްވުރެ ބޮޑު ދަށްވުމެކެވެ. އާމްދަނީ ދަށްވިނަމަވެސް ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 80.7 މިލިއަން ރުފިޔާ ބަހަން ހުށަހަޅަން ބޯޑުން ވަނީ ނިންމާފަ އެވެ.