ބޭންކް އޮފް މޯލްޑިވްސް

ބީއެމްްއެލް އަށް ސާފު ފައިދާގެ ގޮތުގައި 298 މިލިއަން

Jul 30, 2021
4

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 298 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލް އިން އާއްމުކޮށްފައިވާ އޮޑިޓް ނުކުރާ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 298 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާ އަށް 357 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 16 ޕަސެންޓުގެ ދަށްވުމެކެވެ.

މާލީ ހިސާބުގެ އުސްއައިތައް

ޖުމްލަ އާމްދަނީ 785 މިލިއަން
ޓެކުހަށް ކެނޑުމުގެ ކުރީގެ އާމްދަނީ 409 މިލިއަން
ހިންގުމުގެ ފައިދާ 496

ބީއެމްއެލްގެ ސާފު ފައިދާ ދަށްވެފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުނެވެ. ބޭންކުގެ ފައިދާ ދަށްވިނަމަވެސް ދަނީ ރާއްޖޭގެ އިކޮނޮމީއަށް ކުރާ އަސަރުން ލިބޭ ގެއްލުމުން އަރައި ގަންނަން ގިނަ އެހީތަކެއް ދެމުންނެވެ. އެގޮތުން ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ވެސް ދަނީ ލޯނު ދެމުންނެވެ.