ރައީސް މުހައްމަދު ނަޝީދު

ފަރުވާއަށް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ

Jul 2, 2021
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށް ދިން ހަމަލާއާއި ގުޅިގެން އިތުރު ފަރުވާއަށް އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ ހަމަލާއާއި ގުޅިގެން ޖަރުމަނުގައި ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު އެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނު މިއަދު އިނގިރޭސިިވިލާތަށް ވަޑައިގަންނަވަނީ ޖަރުމަނުގެ ޑޮކްޓަރުން އެގޮތަށް ލަފާ ދެއްވުމާ ގުޅިގެންނެވެ.

ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އަވަސް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ބޮޑީގާޑުންނާއި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން އަދި ޖަރުމަނުގެ ޑޮކްޓަރުން ކޮށްދެއްވި މަސައްކަތް ފާހަގަ ކުރައްވާ އެ މަނިކުފާނުގެ އޮފީހުން ޝުކުރު އަދާ ކުރުމާއެކު ބުނެފައި ވަނީ ޖަރުމަންގައި ހުންނަވާ ދިވެހި ސަފީރާއި ޖަރުމަން ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ސަފީރާއި ދިވެހި ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންނާއި، ހެޔޮ އެދުނު ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރާ ކަމަށެވެ.

"ހައެއްފަހެއް" ގެ ހަމަލާއަށް ފަހު އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އެ ހޮސްޕިޓަލުގައި 16 ގަޑިއިރުގެ ކާމިޔާބު ސާޖަރީތަކެއް ވެސް އެމަނިކުފާނު ވަނީ ހައްދަވާފަ އެވެ.