އައިޖީއެމްއެޗް

އައިޖީއެމްއެޗުން މެދުކަނޑާލި ހިދުމަތްތައް ފަށަނީ

Jul 3, 2021

ކޮވިޑް-19 އާއި ގުޅިގެން އައިޖީއެމްއެޗުން މެދުކަނޑާލި ބައެއް ހިދުމަތްތައް މާދަމާއިން ފެށިގެން އަލުން ފަށާނެ އެވެ.

ދިވެހި ރައްޔިތުންގެ މައި ހޮސްޕިޓަލް، ދަރުމަވަންތައާ އިންވެގެން ހުންނަ އައިޖީއެމްއެޗުން ބުނީ މާދަމާއިން ފެށިގެން ހުރިހާ ޑިޕާޓްމެންޓަކުން ވެސް ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްގެން ހިންގާ އޯޕީޑީތައް ފަށާނެ ކަމަށެވެ. އަދި ފިޒިއޯ ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކާއި ކުރިން އޮންލައިންކޮށް ދެމުންދިޔަ ސެންޓާ ފޯ މެންޓަލް ހެލްތުގެ ހިދުމަތް ވެސް ފަށާނެ ކަމަށެވެ.

ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ސެޝަންތައް ކުރިއަށް ގެންދިއުމާއި އަދި ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ދޭ ހިދުމަތްތަކާއި ލެބޯޓަރީ ހިދުމަތްތަކާއި ދުރާލާ ރާވައިގެން ކުރާ އޮޕަރޭޝަންތައް ވެސް މާދަމާއިން ފެށިގެން ކުރިޔަށް ގެންދާނެ އެވެ.

އަދި މެދުކަނޑާލައިފައިވާ ޓީއެމްޓީ، އެންޑްސްކޯޕީ، އަދި ބްރޮންކޮސްކޯޕީގެ ހިދުމަތްތައް ފަށާނެ އެވެ.