ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) މައި ހިއްސާދާރު ކަމަށްވާ އެމެރިކާގެ ބެއިން ކެޕިޓަލް އިން، އެ ގައުމުގެ ކާލައިލް ގްރޫޕް އިންކޯޕަރޭޓެޑް އަށް ވިއްކާލައިފި އެވެ.
ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ކާލައިލް އަށް ވިއްކާލާފައިވާއިރު، ހިއްސާގެ ބައެއް ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖުމަންޓާއި ޑޭވިޑްސަން ކެމްޕާ ކެޕިޓަލް މެނޭޖުމަންޓުން ވެސް ވަނީ ގަނެގައިވެ އެވެ. ނަމަވެސް މި ފަހަރުގެ މި މުއާމަތުގެ އަގު ހާމަ ކޮށްފައެއް ނުވެ އެވެ.
ނަމަވެސް ޓީއެމްއޭ އިން މިހާތަނަށް ހިންގާފައިވާ ހުރިހާ މުއާމަތާލަކީ ވެސް އެތަށް ސަތޭކަ މިލިއަން ޑޮލަރެއްގެ އަގު ބޮޑު މުއާމަތް ތަކެކެވެ. މިގޮތުން 2017 ވަނަ އަހަރު އަހަރު ބްލެކް ސްޓޯން އަތުން 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް އިން ގަތް މުއާމަތަކީ ފާހަގަ ކޮށްލެވޭ ބޮޑު މުއާމަތާތެކެވެ.
މި ފަހަރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ކާލައިލް އަށް ވިއްކާލާފައިވަނީ ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް އެއްކޮށް ހުއްޓިގެން ދިއުމާއެކު 56 ފްލައިޓް އޮޕަރޭޓް ކުރާ ކުންފުނީގެ ހުރިހާ ބޯޓު ތަކެއް ބިންމަތި ކުރަން މަޖުބޫރުވުމުން ލޯނު ނުދެއްކެންނެވެ.
މި ލޯނަކީ އޭރު ބެއިން އަށް ޓީއެމްއޭ ގަންނަން ފައިސާ ހަމަޖައްސައިދިން މީހުންނަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށްވެ އެވެ. އެނގިފައިވާ މި މުއާމަތް ހިންގަން އޭރު ބެއިން އަށް 305 މިލިއަން ޑޮލަރު ހަމަޖައްސާ ދީފައިވެ އެވެ.
ކާލައިލް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އިއާން ޖެކްސަން ވިދާޅުވެފައިވާ ގޮތުގައި މިހާރު ވެކްސިން ޖަހަމުންދާތީ ކޮވިޑް-19 އިން ސަލާމަތްވެސް އަނބުރާ އަންނަ އަހަރު ވިޔަފާރީގެ ތެރެއަށް ފުރިހަމަ އަށް ނުކުމެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އަދި ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވެފައިވާ ގޮތުގައި ކާލައިލްއެކު ހެދި މުއާމަލާތަކީ ޓީއެމްއޭ އަށް އާ ބާބެއްގެ ފެށުމަށް ވެގެންދާނެ އެވެ.
ރާއްޖޭގެ ޕްރޮޕަޓީއެއް ކިތަންމެ ބޮޑު އަގެއްގައި ވިއްކާލިނަމަވެސް ދައުލަތަށް މިކަމުގެ އެއްވެސް އާމްދަނީއެއް ނުލިބެ އެވެ. ސަބަބަކީ މި ފަދަ މުއާމަތާތްތަކުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ޓެކްސް ނިޒާމަށް ބަދަލު ގެނެސްފައި ނުވުމެވެ.