ވިޔަފާރި

ޓީއެމްއޭ ގަތް ބައިން ކެޕިޓަލް އިން ވާގިން އޮސްޓްރޭލިއާ ގަނެފި

Jun 27, 2020
3

ރާއްޖޭގެ ޓީއެމްއޭގެ މައި ހިއްސާދާރު ކަމަށްވާ އެމެރިކާގެ ބައިން ކެޕިޓަލް ކުންފުނިން، ވާޖިން އޮސްޓްރޭލިޔާ ކުންފުނި ގަނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ އެއާލައިންތަކެއް ބަނގުރޫޓުވެ، ގެއްލުންވެފައި ވަނިކޮށް ބައިން އިން ހިންގި މި މުއާމަލާތާ ބެހޭ ގޮތުން، އެ ކުންފުނީގެ ސީއީއޯ މައިކް މޫފީ ވިދާޅުވެފައިވާ ގޮތުގައި މި މުއާމަލާތުގެ ސަބަބުން ވާޖިން އޮސްޓްރޭލިއާގެ ހިދުމަތް އިތުރަށް ފުޅާ ވެގެން ދާނެ އެވެ.

ބައިން ކެޕިޓަލްއަކީ ރާއްޖޭގެ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެމެރިކާގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ބައިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ މިދިޔަ އަހަރު ގެނެފައިވަނީ ގާތްގަނޑަކަށް 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށެވެ. އެ ކުންފުނިން މި މުއާމަތް ކޮށްފައިވަނީ ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިންނެވެ. ބައިން އިން ޓީއެމްއޭގެ ހިއްސާ ގެނެފައިވަނީ އެމެރިކާގެ ބްލެކް ސްޓޯން ކުންފުނީގެ އަތުންނެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތް ކުރައްވާ މާހިރަކު ވިދާޅުވި ގޮތުގައި މި މުއާމަލާތުގެ ސަބަބުން ރާއްޖެ އަށް "ޕޮޒިޓިވް" ކަންތައް ތަކެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މީގެ އެއް ކަމަކީ އޮސްޓްރޭލާ މީހުންގެ ޝައުގުވެރިކަން ރާއްޖެ މަތިވެ، ރާއްޖޭގެ އިންވެސްޓްމަންޓްތަކުގެ އިތުބާރު ޔަގީންވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައިން ކެޕިޓަލް އިން ވާޖިން އޮސްޓްރޭލިއާ އެއާލައިން ގަތް މި ދުވަސް ވަރަކީ އެއާލައިންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ދުވަސް ވަރަކެވެ. ކޮވިޑް-19 ގެ ސަބަބުން ދަތުރު ކުރާ މީހުންގެ އަދަދު ދަށްވުމުގެ ސަބަބުން ގިނަ އެއާލައިން ތަކެއް ވަނީ ބަނގުރޫޓު ވެފަ އެވެ. އަދި މި އަޑިގަނޑުން އަރައި ގަންނަން ތިން އަހަރު ނަގާނެ ކަމަށް ދަ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އޮތޯރިޓީ (އަޔާޓާ) އިން އަންދާޒާ ކޮށްފައިވެ އެވެ.