ފިނިޕޭޖް

އާމިރު ހާންގެ ކައިވެނި ރޫޅާލައިފި

އާމިރު ހާންއާއި ކިރަން ރާއޯގެ 15 އަހަރު ދުވަސްވީ ކައިވެނި ރޫޅާލައިފި އެވެ.

ފަނަރަ އަހަރު ދުވަހުގެ ތެރޭގައި އާމިރު އަދި ކިރަން ވަނީ ގިނަ އަދަދެއްގެ ފިލްމާއި ޓީވީ ޕްރޮޖެކްޓް ތަކުގައި އެއްކޮށް މަސައްކަތް ކޮށްފަ އެވެ. އަދި މީގެ އިތުރުން އާންމުންނަށް އެހީތެރިވުމުގެ ގޮތުން ވެސް ގިނަ މަޝްރޫއުތަކެއް ހިންގި އެވެ.

މި ކައިވެނި ރޫޅުންވީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަދި އާމިރުގެ ފޭނުންނަ ވެސް ބޮޑު ސިހުމެއް ލިބުނު ހަބަރަކަށެވެ. އާމިރު އަދި ކިރަން މިކަމާއި ގުޅިގެން ދިން އިންޓަވިއުގައި ބުނީ ކައިވެނި ރޫޅައިލުން އެއީ ނިމުމެއް ނޫން ކަމަށެވެ. އެއީ އާ ފެށުމެއް ކަމަށެވެ.

މީގެ ކުރިން ވެސް އާމިރު ވަނީ އޭނާގެ ފުރަތަމަ އަނބިމީހާ ރީނާގެ ކައިވެނި 2002 ވަނަ އަހަރު ރޫޅާލާފަ އެވެ.

މީޑިއާ އަށް ދިން އިންޓަވިއުގައި އާމިރު އަދި ކިރަން ބުނެފައި ވަނީ 15 އަހަރުގެ މި މުއްދަތުގައި ގިނަ ކަންތައްތަކެއް ތަޖުރިބާ ކޮށްފައި ވާ ކަމަށެވެ. އަދި ކައިވެނި ރޫޅި ދެމަފިރިން ގޮތުގައި ނުވިޔަސް އާއިލާއެއްގެ ގޮތުގައި އުޅެން މަސައްކަތް ކުރާނެ ކަމަށެވެ.

އާމިރު ބުނިގޮތުގައި ވަކިން ދިރިއުޅެން ޖެހުނަސް އާއިލީ ގުޅުން ބޭއްވޭނެ ކަމަށާއި ދެމީހުންގެ ދަރިފުޅު އާޒާދު އަށް ދޭންޖެހޭ ހުރިހާ ލޯތްބަކާއި އެހީތެރިކަން ދެމީހުން ވެސް ދޭނެ ކަމަށެވެ. މީގެ އިތުރުން ދެމީހުން ކުރަމުން އައި މަސައްކަތައް އެކީ ކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އާމިރުގެ ކައިވެނި ރޫޅާލައިފައި މިވަނީ އޭނާގެ ބޮޑު ފިލްމެއް ކަމަށްވާ "ލާލް ސިންގް ޗައްދާ" ގެ މަސައްކަތް ކުރަމުން ދިޔަ ވަގުތެއްގަ އެވެ. މި ފިލްމަކީ ހޮލީވުޑްގެ މަޝްހޫ "ފޮރެސްޓް ގަމްޕް" ގެ ބޮލީވުޑް ރީމޭކް އެކެވެ. އަދި ކައިވެނި ރޫޅުމާއި ގުޅިގެން މި ފިލްމްގެ ޕްރޮޑަކްޝަނަށް އެއްވެސް ބުރުލެއް ނާންނާނެ ކަމަށް ވެސް އާމިރު ބުންޏެވެ.