ބޮލީވުޑް

އާމިރުގެ ދަރިފުޅު ޖުނައިދުގެ "މަހަރާޖް" ނެޓްފްލިކްސްއަށް

ޖުނައިދު ހާން (ކ)ގައި
100%
0%
0%

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އާމިރް ހާންގެ ދަރި ޖުނައިދު ހާންގެ ފުރަތަމަ ފިލްމު "މަހަރާޖް" ނެޓްފްލިކްސްގައި ރިލީޒްކޮށްފި އެވެ.

މި ފިލްމުގައި ޖުނައިދު ކުޅެނީ އިންޑިއާގެ ގުޖަރާތީގެ ކުރީގެ ނޫސްވެރިޔާ އަދި އިޖުތިމައީ ދާއިރާގައި ހަރަކާތްތެރިވި މީހެއް ކަމަށްވާ ކާސަންޑަސް މުލްޖީގެ ރޯލެވެ.

މިފިލްމު ސިނަމާތަކުގައި އަޅުވަން ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް ބައެއް ދިމާވި ގާނޫނީ މައްސަލަތަކުގެ ސަބަބުން އެ ތާރީގަށް ސިނަމާތަކުގައި ފިލްމު އެޅުވޭ ގޮތް ނުވުމުން މި ފިލްމި މިހާރު ވަނީ ނެޓްސްފްލިކްސްގައި ޕްރިމިއާ ކޮށްފަ އެވެ.

މި ފިލްމަށް ވަނީ އެތައް ބައެއްގެ ތައުރީފް ލިބިފަ އެވެ. އަދި ޖުނައިދުގެ ހުނަރު ފާހަގަކޮށް، އޭނާއަކީ ގުދުރަތީ ގޮތުންވެސް އެކްޓް ކުރުމުގެ ހުނަރު ލިބިފައިވާ މީހެއް ކަމަށްވެސް ތައުރީފް ކުރި މީހުން ބުނެފައިވެ އެވެ.

މި ފިލްމު ވަނީ ބޮޑު ކާމިޔާބީއެއް ހޯދައި މިހާތަނަށް 30 ކްރޯޑް ރުޕީސް ހޯދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345