ބިދޭސީން

ބިދޭސީން ކަރަންޓީނު ވާނެ ތަންތަން ހޯދަނީ

ވަޒީފާ އަދާ ކުރަން ރާއްޖެ އަންނަ ބިދޭސީން ކަރަންޓީނު ވާނެ ތަންތަން ހޯދަން ހެލްތު މިނިސްޓްރީ އިން އިއުލާނު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ވަޒީފާއަށް އަންނަ ބިދޭސީން ކަރަންޓީނުވާނެ ގެސްޓްހައުސް އާއި ހޮޓާތައް ބޭނުންވާ ކަމަށެވެ.

އެމީހުން ކަރަންޓީނުވާން ތަންތަން ހަމަޖައްސައިދޭން ޝައުގުވެރިވާ މީހުނަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އާ ދެމެދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް މާދަމާ އިން ފެށިގެން ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން ކަރަންޓީނު ވާކަށް ނުޖެހެ އެވެ. ނަމަވެސް ބޭރުން އަންނަ ދިވެހިންނާއި ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީން ކަރަންޓީނުވާން ޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ އުސޫލު ކަނޑައަޅާފަ އެވެ.