ދުނިޔެ

ފިލިޕީންސްގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި 50 މަރު

ފިލިޕީންސްގައި 85 މީހުން ގޮވައިގެން ދަތުރުކުރި އަސްކަރީ މަތިންދާބޯޓެއް ވެއްޓި 50 މީހުން މަރުވެއްޖެ އެވެ. ސީއެންއެސް ފިލިޕީންސް ބްރޯޑްކާސްޓާ ބުނާ ގޮތުން މިއަދަދު އަދި އިތުރުވުން ގާތެވެ. މަރުވި މީހުންގެ ތެރެއިން 29 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ތެރެއިން 42 މީހުންނަކީ ބޯޓުން ދަތުރުކުރި މީހުންނެވެ. އަނެއް ދެ މީހުންނަނީ ބޯޓު ވެއްޓުމާ ގުޅިގެން އާންމުންގެ ތެރެއިން މަރުވި މީހުންނެވެ. މީހުން ސަލާމަތްކުރަން މަސައްކަތްކުރާ ޓީމުތަކުން 42 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

ފިލިިޕީންސް އަސްކަރީ ޖެނެރަލަކާ ހަވާލާދީ ސީއެންއެންއިން ބުނީ މިހާދިސާ ހިނގީ ބޯޓު ޖައްސަން އުޅެނިކޮށް ރަންވޭއަށް ސީދާ ނުކުރެވިގެން ކަމަށެވެ. އަސްކަރީއްޔާއިން ކުރިން ރިޕޯޓް ކުރި ގޮތުން ބޯޓުގައި 92 މީހުން ތިއްބެވެ. އޭގެ ތެރޭގައި ތިން ޕައިލެޓާއި ފަސް ފަޅުވެރިން ވެސް ހިމެނެ އެވެ.

ފިލިޕީންސްއަކީ އަސްކަރީ ހާދިސާ ގިނަ ގައުމެކެވެ. ހެލިކޮޕްޓަރާއި މަތިންދާބޯޓުތައް ދޭތެރެ ދޭތެެއިން ވެއްޓި ބޮޑެތި ގެއްލުން ލިބޭ ގައުމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މިފަހަރު ވެއްޓުނު ސީ130 ހާކިއުލްސް ބޯޓަކީ ވެސް ދިގު ތާރީހެއް އޮތް ބޯޓެއް ނޫނެވެ.

އަސްކަރީ މަތިންދާބޯޓު ވެއްޓުމާ ގުޅިގެން ގައުމުތަކުން މިހާރު ގެންދަނީ ފިލިޕީންސްއަށް ތައުޒިޔާ ކިޔައި ހިތާމައިގައި ބައިވެރިވަމުންނެވެ.