ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިން ނުޖަހާ ނަމަ އޮތް ގޮތަކީ ހައްޔަރުކުރުން

ވެކްސިން ޖަހަން ބޭނުން ނޫން ނަމަ އޮތް ގޮތަކީ ހައްޔަރުވުން ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ވެކްސިން ނުޖަހާ މީހުން ގޭގައި ތިބެން އަމުރެއް އޮތް ކަމަށެވެ.

ޑުޓާޓޭ ވަނީ ވެކްސިން ނުޖަހާ މީހުން މަގުތަކަށް ނުކުމެ އުޅޭ ނަމަ ހައްޔަރުކުރަން އަމަން ބަލަހައްޓާ ފުލުހުންނަށް އަންގާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފިލިޕީންސްގައި ކޮވިޑް އޮބިނީވެގެން އުޅެނީ ވެކްސިން ނުޖަހާ މީހުންނާ ހެދި ކަމަށެވެ.

ފިލިޕީންސްއަށް ކޮވިޑް އެރި ފަހުން ޑުޓާޓޭ އުޅުއްވަނީ ވަރަށް އަވަދިނެތި އެވެ. ކޮވިޑާ ހެދި އާންމު ރައްޔިތުންނަށް ދެރަ ގޮތެއް ވުމަށް އެދިވަޑައި ނުގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ފިލިޕީންސްގެ އަވަށެއްގައި ކޮވިޑް ފެތުރޭ ނަމަ ދަރިވަރުން ސްކޫލަށް ނުފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފިލިޕީންސްގައި ކޮވިޑް ފެތުރިގަތުން ފާއިތުވި ދެތިން ދުވަހު ވަނީ ހައްދުން ނައްޓާފަ އެވެ. ވެރިރަށް މެނީލާގައި އަލާފައި އޮތް ހަރުކަށި އުސޫލުތަކާ އެކު ވެސް މެނީލާގައި ދިރިއުޅޭ 13 މިލިއަން މީހުންނަށް އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.

ސިއްހީ އޮފިޝަލުން ބުނާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް އަދަދުތައް ދާނީ އިތުރުވަމުންނެވެ.

ޑުޓާޓޭ ވިދާޅުވި ގޮތުގައި ގައުމު އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ. އެހެންކަމުން ވެކްސިން ނުޖަހައި އުޅޭ މިހުން ހައްޔަރު ކުރުމަކީ މިވަގުތަށް ލާޒިމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޑުޓާޓޭ ވިދާޅުވީ ވެކްސިން ޖަހަން ނަސޭހަތްތެރި ވުމަށް ފަހު ވެސް އިންކާރު ކުރާ ނަމަ އެމީހަކާ މެދު އަމަލުކުރާނެ ވަކި އުސޫލެއް އަވަށްތަކުގެ ވެރިން ކަނޑައަޅަންވީ އެވެ. އެވަރުން ވެސް އިންކާރު ކުރާ ނަމަ އެމީހަކު ހައްޔަރުކުރަންވީ އެވެ.