ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިން ޖަހަންވީ ނިދާފަ ތިއްބާ: ޑުޓާޓޭ

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ: ވެކްސިން ޖަހަންވީ ނިދާފަ ތިއްބާ ކަމަށް ވިދާޅުވި
0%
0%
0%

ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހަދައި ފިލައިގެން އުޅޭ މީހުން އުޅޭ ތަންތަން ހޯދައި ނިދާފަ ތިއްބާ ވެކްސިން ޖެހުން ނޫން ގޮތެއް ދެން ނެތް ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅު ވެއްޖެ އެވެ.

ޑުޓާޓޭ ވިދާޅުވީ ހުރިހާ ވެސް މައްސަލައަކީ ވެކްސިން ޖަހަން އިންކާރު ކުރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޮތް ހަމައެކަނީ ހައްލަކީ އެމީހުންގެ ފަހަތުން ދުވެ ގޮސް ވެކްސިން ޖެހުމެވެ. އޭނާ އަދި ވިދާޅުވީ އެނޫން ގޮތެއްގައި ދެން އޮތީ އެމީހުން ނިދަން ވަންނަ ތަނެއް ހޯދައި ނިދަންދެން މަޑުކުރުން ކަމަށެވެ.

ފިލިޕީންސްގައި މިއަދާ ހަމައަށް 2.7 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 39،660 މީހުން ވަނީ މަރުވެފަ އެވެ. މި ހަފުތާގެ ހޯމަ ދުވަހު 8،292 މީހުންނަށް ކޮވިޑް ޖެހުނު ކަމަށް ސިއްހީ އިދާރާތަކުން ބުނެ އެވެ.

ޑުޓާޓޭ އާންމުންނަށް އިލްތިމާސް ކުރައްވައި ސިއްހީ އިދާރާތަކުން ކަނޑައަޅާފައި އޮތް އުސޫލުތައް ދެމަހައްޓައި ވަނީ އެދިވަޑައިގެންފަ އެވެ. އެއްވެ އުޅުމުގައި މާސްކު އެޅުމަށާއި ގައިން ތާހިރުވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ޕިލިޕީންސްގެ މީހުން ބޯހަރު ކަމަށް ވިދާޅުވުމާއެކު ވެކްސިން ޖަހަން ޖެހެނީ އެންމެންގެ ރައްކަލަކަށް ވެސް ޑުޓާޓޭ ވިދާޅުވެފައި ވެއެވެ. ޕިލިޕީންސްއިން ކޮވިޑް ނައްތާ ނުލެވިގެން އުޅޭ ސަބަބަކީ ވެކްސިނަށް ފިލައިގެން އުޅޭ މީހުން ގިނަ ވުމެވެ.

ޕިލިޕީންސްގެ އާބާދީ 109 މިލިއަނަށް ވުރެ އިތުރުވެ. ސަރުކާރުން ބުނާ ގޮތުން އޭގެ ތެރެއިން ވެކްސިން، އެއްޑޯޒް ނަމަވެސް ޖަހާފައި ވަނީ 27 މިލިއަން މީހުނެވެ. ދެޑޯޒް ހަމަކޮށްފަައި ވަނީ 23.3 މިލިއަން މީހުނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހުމަދު ޒަމީލް

އައި ލައިކް ޑުޓާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345