ދުނިޔެ

"އީރާނަށް ލުއިދީފި ނަމަ އިތުރަށް ތެޔޮ އުފައްދާނެ"

އީރާންގެ ތެލާ ބެހޭ މިނިސްޓަރު ބިޖާން ނަމްދާޒް ޒަންގަނާ: ލުއި ދީފި ނަމަ ތެޔޮ އުފައްދާ އަދަދު އިތުރު ކުރާނެ
0%
0%
0%

އީރާނަށް ދަތި ކުރަން އެމެރިކާއިން އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއިދީފި ނަމަ ސާފު ނުކުރާ ތެޔޮ އުފައްދާ އަދަދު އިތުރު ކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ. އީރާންގެ ތެލާ ބެހޭ މިނިސްޓަރު ބިޖާން ނަމްދާޒް ޒަންގަނާއާ ހަވާލާދީ ޝަނާ ނޫސް އޭޖެންސީން ބުނާ ގޮތުން ދުވާލަކު ހަ މިލިއަން ފީފާ ތެޔޮ އުފެއްދުން އެ ގައުމަށް ދަތި ކަމަކަށް ނުވާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މާކެޓަށް ރުޖޫއަވުން ވެސް ދަތިކަމަކަށް ނުވާނެ އެވެ. ވާދަވެރިކަން ވެސް އޮންނާނެ އެވެ. އީރާނާ މެދު އީރާނަށް ޔަގީންކަން އެބަ އޮތެވެ.

އީރާނުން ބުނީ އެގަމުން ތެލުގެ މާކެޓަށް ވަނުމަކުން ވިޔަފާރިއަށް ލޮޅުމެއް ނާރާނެ ކަމަށާއި އޯޕެކްގެ ގަވައިދަށް އިހުތިރާމް ކުރާނެ ކަމަށެވެ. ތެލާ ބެހޭ ވަޒީރު ވިދާޅުވީ އީރާނުން ތެޔޮ އުފައްދާނީ އޯޕެކުން ކަނޑައަޅާފައި ހުރި ގަވައިދުތަކަށް ކަމަށެވެ.

އީރާނުން ތެޔޮ އުފައްދަން ފަށައިފި ނަމަ ތެލުގެ މާކެޓަށް ލޮޅުން އަރާނެ އެވެ. އޯޕެކް ގައުމުތަކުން ވެސް އުޅެނީ ތެޔޮ އުފައްދަން ވަކި މިންގަނޑަކަށް އެއްބަސް ނުވެވިގެންނެވެ. އަނެއްކޮޅުން އީރާނަކީ އޯޕެކް ކޯޓާއިން ބޭރު ގައުމަކަށް ވުމަކީ ވެސް އަގުތަކަށް ބަދަލު އަންނާނެ ސަބަބެކެވެ.

އެމެރިކާއިން އީރާންގެ ނިއުކްލިއާ އެއްބަސްވުމަށް ބަހުސް ކުރަމުން އަންނައިރު ފެންނަނީ ކޮންމެވެސް ވަރަކަށް ލުއި ދޭ ތަނެވެ. އީރާންގެ އުންމީދަކީ ވެސް ދަތިކުރުން އަވަހަށް އުވާލުމެވެ. އެހެން ނަމަވެސް މަޝްވަރާތަކުތައި އީރާނަށް އަދި ނިއުކްލިއާ ޑީލް ހަދަން ތިބިި ގައުމުތަކަށް އެއްބަސްވެވެން ނެތް ނުކުތާތަކެއް ހުރިކަން މީޑިއާއަށް އޮތީ އެނގިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345