ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އަންހެނުންނާ ދުރުގަ ހުންނަން ފޭކް ކޮވިޑް ރިޕޯޓެއް ދައްކައިފި

އިންޑިޔާގެ މަދްޔަ ޕްރަދޭޝް ސްޓޭޓުގެ ރަށެއްގެ މީހަކު އޭނާގެ އަންހެނުންނާ ދުރުގައި އުޅެން ބޭނުންވާތީ ފޭކް ކޮވިޑް ޕޮޒިޓިވް ރިޕޯޓެއް ތައްޔާރު ކޮށްފި އެވެ. އެމްހޯ ނަމަކަށް ކިޔާ އަވަށުގައި ދިރިއުޅޭ 26 އަހަރުގެ މި ފިރިހެންމީހާ ކައިވެނި ކުރީ މި އަހަރުގެ ފެބްރުއަރީ މަހު ކަމަށް އެ ހިސާބުގަނޑުގެ ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

އަންހެނުންނާ މައްސަލަތަކެއް ޖެހި އޭނާ ކައިރީގައި ހުންނަން ބޭނުން ނުވާތީ ފިރިހެންމީހާ ވަނީ އޮންލައިންގައި މީހަކު ޝެއާ ކޮށްފައި އިން ކޮވިޑް ޕޮޒިޓިވް ރިޕޯޓެއް ޑައުންލޯޑްކޮށް އެއަށް ބަދަލު ގެނެސްފަ އެވެ.

އެމީހާ ކުރި ކަމަކީ މި ރިޕޯޓު އޭނާގެ ނަމަށް ބަދަލުކޮށް ތައްޔާރު ކުރުމަށް ފަހު ވަޓްސްއަޕުން އަންހެނުންނަށާއި ބައްޕައަށް ފޮނުވުމަށް ފަހު ގެއިން ފިލީ އެވެ.

މި މީހާ ދެއްކީ ފޭކް ރިޕޯޓެއްކަން އާއިލާގެ މީހުންނަށް އެނގުނީ އޭނާގެ ފަރާތުން ބަލީގެ އެއްވެސް ނިޝާނެއް ނުފެންނާތީ އެމީހާގެ ރިޕޯޓުގައި އޮތް ލެބޯޓްރީއަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމުންނެވެ.

މި މީހާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމީހާ އެ ލެބޯޓްރީއެއްގެ ނަމުގައި ފޭކް ރިޕޯޓު ތައްޔާރުކުރި ލެބޯޓްރީގެ ފަރާތުންނެވެ.
އަންހެނުންނަށް ފިލަން އުޅެން ހަދައިގެން މި މީހާއަށް މިހާރު ވަނީ ފުލުހުންނާ ކުރިމަތިލާން ޖެހިފަ އެވެ.