އަބްދުﷲ ޝާހިދު

ޝާހިދުގެ ކާމިޔާބީ ރައީސް ފާހަގަކުރައްވައިފި

Jul 6, 2021

އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގެންފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާ ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ޝާހިދަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ޝާހިދަށް ލިބިވަޑައިގެންނެވި ކާމިޔާބީ އަކީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި އަދި ހާރިޖީ ދާއިރާގައި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ. އަދި ޝާހިދުގެ ކާމިޔާބީއާ އެކު ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިބަައްދަލުވުމުގައި ޝާހިދު ވިދާޅުވީ ލިބިވަޑައިގެންނެވި ކާމިޔާބީގެ އަސްލަކީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ބައިނަލްއަގުވާމީ މުޖުތަމައާއި އަލުން ގުޅުން ބަދަހިކުރައްވައި ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު އަލުން ހޯއްދެވުމަށް ކުރެއްވި އަގުހުރި މަސައްކަތްތަކުގެ ނަތީޖާ ކަަމަށެވެ.

އދގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު ހޮވިވަޑައިގެންނެވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އދގެ އެފަދަ ޝަރަފުވެރި މަގާމަކަށް ރާއްޖޭގެ ބޭފުޅަކު އިންތިހާބުވި ފުރަތަަމަ ފަހަރެވެ.