ރ. އިނގުރައިދޫގައި ކަރަންޓީންގައި ހުރި މީހަކު ކަަރަންޓީން އުސޫލާއި ހިލާފުވެ ބޭރަށް ނުކުމެ އެ ރަށު ޕޮލިސްޓޭޝަނަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އުމުރުން 30 އަހަރުގެ އެ މީހާ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލާގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި ކަރަންޓީން އުސޫލާއި ހިލާފުވުމުން އެމީހާ 10،000 އިން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ މީހާ ފުލުސް އިދާރާއަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.