މަރު

މޫދަށް ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މޫދަށް ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 10:30 ހާއިރު އދ. ދަނގެތީ ފަޅުގައި އޮތް "ބްލޫ ފޯސް 1" ސަފާރީން މޫދަށް ފޭބި މީހެއްގެ ހަބަރެއް ނުވެގެން ބެލިއިރު ސަފާރީއާ ދިމާލު މޫދު އަޑީގައި އޮއްވާ ފެނިފައިވާ ކަަމަށެވެ. އަދި އެ މީހާ ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.

އަދި ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ އުމުރުން 32 އަހަރުގެ މުމްތާޒު ހުސައިން އެވެ. އެއީ ރ. އިނގުރައިދޫއަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.