އައިޖީއެމްއެޗް

އެޑްމިޓްކުރި މާމިގިލީ މީހާ ނެރެ އެއްލައެއް ނުލަން: އައިޖީއެމްއްޗް

Nov 17, 2015

އެޑްމިޓްކޮށްފައި އޮތް ބަލި މީހަކު ހޮސްޕިޓަލުންނެރެ އެއްލައިލި ކަމަށް ފަތުރަމުންދާ ވާހަަކަތައް އައިޖީއެމްއެޗުން ދޮގުކޮށްފި އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގައި އެޑިމިޓްކޮށްފައި އޮތް ބަލި މީހަކު ނެރެއެއްލައިލި ކަމަށް ބްރޯޑްކާސްޓް މީޑިއާގެ ތެރޭގައި ފަތުރަމުންދާ ހަބަރަކީ ޒިންމާދާރުކަން ކުޑަ ހަބަރެއް ކަމަށެވެ.

އަދި ބުނީ ފެތުރިފައިވާ ހަބަރުގައި ބުނާ އުމުރުން 64 އަހަރުގެ މީހާ އެ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ޖޫން 12، 2015 ގައި ކަމަށާއި އޮޕަރޭޝަނާބެހޭ ކަމެއްގައި ފަރުވާ ކުރުމަށްޓަކައި އޭނާ ބޭއްވީ ސާޖަރީ ވޯޑްގައި ކަމަށެވެ.

އެ މީހާ ބަލިން ފަސޭހަވުމުން ޖުން 15 ވަނަ ދުވަހު ޑޮކްޓަރު އޭނާ ޑިސްޗާޖް ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް ބަލި މީހާގެ ބެލެނިވެރިޔާ، ބަލި މީހާ ގެންދަން ބޭނުން ނުވާ ކަމަށާއި އިތުރު މައްސަލަތައް ހުރި ކަމަށް ބުނެ ހޮސްޕިޓަލްގައި މަޑު ކުރުމަށް ތަފާތު ސަބަބުތައް ދެއްކުމުން އެ ޝަކުވާތަކަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތއް އަޅައި ދިން ކަމަށެވެ. އަދި ބަލިމީހާ ވޯޑްގައި މަޑުުރަމުން ދަނިކޮށް ކޮޓަރިއަކަށް ބަދަލުކޮށްދޭން އެދުމުން ޖުން 23 ގައި ޕްރައިވެޓް ކޮޓަރިއަކަށް ބަދަލު ކޮށްދިން ކަމަށެވެ.

އެބަޔާނުގައި ބުނަނީ 24 ޖޫންގައި ފެށިގެން ކޮންމެ ދުވަހަކު ޑޮކްޓަރު ޑިސްޗަޖް ކުރިކަން ބަލި މީހާއަށާއި އެހީތެރިޔާއަށް އަންގަމުން ދިޔަ ނަމަވެސް އެހީތެރިޔާ ބުނަމުންދިޔައީ ކޮޓަރިއަށް ދައްކާނެ ފައިސާ އަތުގައި ނެތް ކަމަށެވެ. އަދި އިތުރަށް ހޮސްޕިޓަލްގައި މަޑު ކުރަން ބޭނުންވާ ކަމަށެވެ.

"ކޮޓަރިއަށް ދައްކާނެ ފައިސާ ނެތް ނަމަ ވޯޑަށް ބަދަލުކޮށްދެވިދާނެ ވާހަކަވެސް ވަނީ ނަރުހުން ބުނެފަ އެވެ. ނަމަވެސް އެގޮތްވެސް ކަމުނުދާ ކަމަށް ބުނެ އެހީތެރިޔާ ޝަކުވާ ކުރަމުން ދިޔަ އެވެ... މިހާ ހަމައަށް އާއިރު ބަލި މީހާ މުޅިން ފަސޭހަވެ ބަލިމީހާ އާއި އޭނާގެ އެހީތެރިޔާ ހޮސްޕިޓަލްގެ ކޮޓަރިއެއް ބޭނުން ކުރަމުން ގެންދިޔައީ ކުލީ ކޮޓަރިއެއްގައި މަޑުކޮށްލާ އުސޫލުންނެވެ." ބަޔާނުގައި ވެއެވެ. "ނަރުހުންނާއި ޑޮކްޓަރުން ތަކުރާރުކޮށް ބަލި މީހާއަށް ދޭންޖެހޭ ފަރުވާދީ ނިމިފައިވާ ކަމާއި ޑިސްޗާޖްކޮށްފައިވާ ވާހަކަ ބަލި މީހާއަށާއި އެހތެރިޔާ ގަތުގައި ދިޔައީ ބުނަމުންނެވެ. ފަސް މަސް ދުވަހު ހޮސްޕިޓަލުގައި މަޑު ކުރުމަށްފަހު ނޮވެމްބަރު 15 ވަނަ ދުވަހު ހޮސްޕިޓަލުން ދިޔައީ ނަރުހުންނާއި ޑޮކްޓަރުންނާ ދިމާއަށް ހުތުރު ބަހުން މުއާމަލާތްކޮށް ހޮސްޕިޓަލް ބަދުނާމުކޮށް ވާހަކަ ދައްކާނެ ކަމަށް ބުނެފަ އެވެ."

އައިޖީއެމްއެޗުން ބނީ އެ ހޮސްޕިޓަލަކީ ވަރަށް ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށްދޭ ތަނަކަށްވާއިރު އެކި އެކި އޮޕަރޭޝަންތަކަށާއި ފަރުވާ ހޯދަން އެޑްމިޓް ކުރަން ބޭނުންވާ ބަލި މީހުން އެނދު ނުލބިގެން ކިޔޫގައި މަޑުކުރަން ޖެހިފައިވާއިރު ޑޮކްޓަރު ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ މީހަކު ހޮސްޕޮޓަލުގެ އެނދެއްގައި އެހާ ގިނަ ދުވަހު ބޭއްވުމަކީ އެ ހޮސްޕިޓަލަށް ވަރަށް ދަތިވި ކަމެއް ކަމަށާއި ނަމަވެސް އިޖްތިމާއީ އަދި އަމިއްލަ ސަބަބުތަކާހުރެ ފަރުވާ ނިމުމަށްފަހުވެސް ހޮސްޕިޓަލުގައި މަޑުކުރާ މީހުން ވަރަށް ގިނަ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ހޮސްޕިޓަލުން ނެރެ އެއްލާފައެއް ނުވާނެ ކަމަށެވެ.

އައިޖީއެމްއެޗްގ ބަޔާނުގައި އިޝާރާ ކުރާ މީހާގެ ވާހަކަ ގެނެސްދީފައި ވަނީ ރާއްޖެ ޓީވީ އިންނެވެ.
އެއީ އދ. މާމިގިލީ، އަރިޔަދޫގޭ، އުމުރުން 65 އަހަރުގެ އިބްރާހިމް ދާއޫދެވެ. އޭނާ ގެ އަންހެނުން ރާއްޖެ ޓީވީގައި ބުނެފައި ވަނީ މީގެ ހައެއްކަ މަސް ދުވަސް ކުރިން އައިޖީއެމްއެޗްގައި އެޑްމިޓްކުރީ އޭނާގެ ކުރިމަތިފަރާތުގެ މައްސަލައެއް ދިމާވެގެން ކަމަށާއި ދާއޫދު ހޮސްޕިޓަލުން ދޫކޮށްލީ އޮޕަރޭޝަން ކުރި ތަން ރަނގަޅު ނުވަނީސް ކަށެވެ.