އީދު ފާހަގަ ކުރުން

ތާޖުއެގްޒޯޓިވާ ރިސޯޓުން އީދަށް ހާއްސަ އަގެއް

Jul 7, 2021
1

ކުރިއަށް އޮތް ބޮޑު އީދަށް، ތާޖު އެގްޒޯޓިކާ ރިސޯޓުން ވިއްކާ ހިދުމަތްތަކުން ހާއްސަ އަގުތަކެއް ދޭނެ ކަމަށް ބުނެފި އެވެ.

ތާޖު އެގްޒޯޓިކާ ރިސޯޓުން ބުނީ އެނބޫދޫ ފިނޮޅުގައި ހިންގާ އެ ރިސޯޓުން އާއިލާ އެއްކޮށް ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 20 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ތާޖު އެގްޒޯޓިކާ މޯލްޑިވްސްގައި 64 ލަގްޒަރީ ވިލާ ހުރެ އެވެ. އީދަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެ ރިސޯޓުގެ ވިލާތަކުން 25 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. އަދި އެހެން ހިދުމަތްތަކުގެ އަގު ވެސް ވަނީ ހެޔޮ ކޮށްފަ އެވެ.

ތާޖު ރިސޯޓުން އީދަށް ޕެކޭޖެއް ތައާރަފު ކުރިއިރު، ރާއްޖޭގެ އެހެން ރިސޯޓު ތަކުން ވެސް ދަނީ ޗުއްޓީ އަށް ހާއްސަ އަގުތަކެއް ތައާރަފު ކުރަމުންނެވެ. މީގެ އިތުރުން ރާއްޖެއަށް ދަތުރު ކުރާ ބައެއް އެއާލައިންތަކު ވެސް ހާއްސަ ޕެކޭޖުތައް ތައާރަފު ކޮށްފައިވެ އެވެ.