ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. އަބްދުﷲ މައުސޫމް

ރިސޯޓް މުވައްޒަފުން ރަށަށް ދާން ލުއިދޭން ނިންމައިފި

Jul 7, 2021
2

ރިސޯޓުތަކުގައި މަސައްކަތް ކުރާ ވެކްސިން ފުރިހަމަ ކޮށްފައި ތިބި މުވައްޒަފުންނަށް ކަރަންޓީނާ ނުލައި ޗުއްޓީ އަށް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓު މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރް ޓެސްޓުން ފާސް ވެގެން ކަރަންޓީނު ވާން ނުޖެހި މޮނިޓަރިންގަ އޮންނަ ރިސޯޓުތަކާއި ރަށް ފިޔަވައި އެހެން ރަށްތަކަށް ދެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ތަފުސީލުތައް އެޗުޕީއޭ އިން ހާމަ ކުރާނެ ކަމަށެވެ.

ރިސޯޓު މުވައްޒަފުންނަށް ދޭ މި ލުއިތައް އިއުލާނު ކުރާނެ ކަމަށް ބެލެވެނީ މިއަދު 2:30 ގައި އެޗްޕީއޭ އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ކޮވިޑް-19 އަަށް ބޯޑަރު ބަންދުވުމަށްފަހު މިއަދާ ހަމައަށް ރިސޯޓު މުވައްޒަފުން ތިބީ ރަށަށް ނުދެވި އެވެ. މިކަމުގެ ސަބަބުން އެ މުވައްޒަފުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އަދި އާއްމުންނަށް ވެކްސިން ޖަހައިގެން ޓްރެވަލް ކުރެވުނު ނަމަވެސް މުވައްޒަފުންނަށް މިހާތަނަށް ޓްރެވަލް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް މުވައްޒަފުންނަށް ވެކްސިން ޖަހަން ފެށުމާއެކު މިހާރު ރިސޯޓު މުވައްޒަފުންގެ 70 ޕަސެންޓް ވަނީ ދެޑޯޒް ޖަހާފަ އެވެ.