ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

"ޓޫރިސްޓުންނަށް ރާއްޖެ މިހާރު މާ ރައްކާތެރި ވާނެ"

May 4, 2021
6

ޓޫރިސްޓުންނަށް ރާއްޖެ މިހާރު މާ ރައްކާތެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާ ތަފާސް ހިސާބުތައް އާންމު ކުރަމުންނެވެ. އެ މިނިސްޓްރީން ބުނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ 99 ޕަސެންޓް މުވައްޒިފުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި 25 ޕަސެންޓް މުވައްޒިފުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އެހެންވެ ކުރިއަރާ ބަލާއިރު ޓޫރިސްޓުންނަށް ރާއްޖެ މިހާރު މާ ރައްކާތެރިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި އަހަރުގެ މިހާތަނަށް 396،982 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ އިންޑިއާއިންނެވެ. އެ ގައުމަކީ ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމެވެ. ކޮވިޑްގައި ދުނިޔެ ހޭދަކުރި 17 މަސް ދުވަހުގެ ތެރޭގައި މިހާރު އިންޑިއާ އޮތް ފަދަ ނާޒުކު ހާލަތެއް ދެކެފައެެއް ނުވެއެވެ. އެ ގައުމު އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

ރާއްޖޭގައި ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން ދާއިރު މިދިޔަ ދެ ދުވަހުގެ ނަންބަރު ހުރީ 500 އިން މަތީގަ އެވެ. މިދިޔަ ހަތް ދުވަހު ކޮންމެ ދުވަހަކު ވެސް 400 އިން މަތިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނަންބަރު ހުއްޓެވެ. އޭގެ ތެރޭގައި ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންވެސް ހިމެނެ އެވެ.