ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ފުރިހަމަކުރާ މީހުނަށް ކަރަންޓީނާ ނުލާ ރަށަށް ދެވޭނެ

މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގޮތަށް ލުއި ދީފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ ގޮތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުނަށް ކަރަންޓީނާ ނުލައި ރަށަށް ދެވޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް، މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރުކުރެވޭނެ އެވެ. އެކަމަކު އެމީހުން ދަތުރުކުރަން ޖެހޭނީ ޕީސީއާރް ނެގެޓިވް ނަތީޖާއަކާ އެކުގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާދަމާ އިން ފެށިގެން އެ އުސޫލަށް އަމަލުކުރާ ގޮތަށް ނިންމާފައިވާއިރު ޕީސީއާރް ނެގެޓިވް ނަތީޖާއެއްގެ ގޮތުގައި ރެންޑަމްކޮށް ނަގައި ސާމްޕަލް ވެސް ބަލައިގަންނާނެ އެވެ.

ރިސޯޓު މުވައްޒަފުންނަށް ވެސް ކަރަންޓީނުވުމަކާ ނުލައި ރަށަށް ދެވޭ ގޮތަށް ލުއި ދިނުމަށް މިހާރު ވަނީ ނިންމާފަ އެވެ. އެކަމަކު އެ ލުއި ދިން ނަމަވެސް ރިސޯޓުތަކުން މަހަކު އެއް ފަހަރު އެކްޓިވް ސަވައިލަންސްގެ ގޮތުގައި މަދުވެގެން މުވައްޒަފުންގެ 10 ޕަސެންޓްގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ޖެހެ އެވެ. އަދި އެގޮތަށް މުވައްޒަފުން ދަތުރުކުރެވޭނީ މޮނިޓަރިންގައި ނެތް ރިސޯޓުތަކުން އެކަނި އެވެ.