ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ރާއްޖޭގައި 35 ޕަސެންޓް މީހުން ދެ ޑޯޒް ޖަހައިފި

Jul 7, 2021

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 35 ޕަސެންޓް މީހުންނަށް ދެވަނަ ޑޯޒް ޖަހާ ވެކްސިން ޕްރޮގްރާމު ފުރިހަމަކޮށްފި އެވެ.

ރާއްޖޭގައި މިވަގުތު ދެމުންދަނީ އިންޑިއާގެ ސިރަމް އިންސްޓްޓިއުޓްގައި އުފައްދައިފައިވާ އޮކްސްފޯޑް އެސްޓްރެޒެނިކާ ”ކޮވިޝީލްޑް“ އާއި ޗައިނާގައި އުފައްދައިފައިވާ ސިނަފޯމް ވެކްސިނާއި ފައިޒާ ވެކްސިނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ވެކްސިންގެ އެއް ޑޯޒް 87 ޕަސެންޓް މީހުން އަދި ދެވަނަ ޑޯޒް 35 ޕަސަންޓް މީހުން ފުރިހަމަކޮށްފައިވާ ކަަމަށެވެ.

އެގޮތުން މާލެއިން 61 ޕަސެންޓް އަދި އަތޮޅުތަކުން 76 ޕަސެންޓް މީހުން އެއް ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މާލެއިން 37 ޕަސެންޓް އަދި އަތޮޅުތަކުން 47 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި 317،549 މީހުން އެއް ޑޯޒް އަދި 199،784 މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިން ލިބުނު ދަތިވެގެން ދެވަނަ ޑޯޒް ހުއްޓާލުމަށް ފަހު މިހާރު ވަނީ އަލުން ވެކްސިން ދޭން ފަށާފަ އެވެ. އެގޮތުން އަލުން ވެކްސިން ޖަހަން ފެށިފަހުން މާލޭ ސަރަހައްދުން 4075 މީހަކު، އަތޮޅު ތަކުގައި 70 މީހަކު އަދި ރިސޯޓްތަކުން 321 މީހަކު ކޮވިޑްޝީލްގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ހުއްޓުމެއް ނެތި ވެކްސިން ދެވޭވަރަށް ވެކްސިން މިހާރު ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.