މީރާ

ޓެކުހުގެ ސުންގަޑި ފަސްކޮށްފި

މީރާއަށް ޓެކްސް ދެއްކުމުގެ ސުންގަޑި ފަސްކޮށް އެ އިދާރާައިން އިއުލާން ކޮށްފި އެވެ.

މިއަދު ނެރުނު ބަޔާނުގައި މީރާއިން ބުނެފައިވަނީ ޓީޖީއެސްޓީ ދައްކާ ފަރާތްތައް ފިޔަވާ އެހެން ހުރިހާ ތެކުހެއް ދައްކާ ފަރާތްތަކަށް ޓެކްސް ދެއްކުމުގެ ސުންގަަޑި ޖުލައި 11 ވަނަ ދުވަހަށް ލަސް ކޮށްފަ ކަމަށެވެ. ޓީޛީއެސްޓީ ދައްކާފަރާތްތަކަށް އެ ފަރާތްތަކަށް ދީފައިވާ ސުންގަޑި ތަކަށް ބަދަލެއް ނުގެނެ އެވެ.

މޭ 27 ވަނަ ދުވަހުން ޖުލައި 10 ވަނަ ދުވަހާއި ދެމެދުގެ ހުރިހާ ސުންގަޑިތަކެއް، ޓެކްސް ދައްކަން ލާޒިމް ކުރާ ފަރާތްތައް (ޓީޖީއެސްޓީ) ފިޔަވާ އެހެން ހުރިހާ ފަރާތްތަކަކަށް ވަނީ ޖުލައި 11 ވަނަ ދުވަހަށް ލަސްކޮށްފައެވެ.

މީރާގެ ހިދުމަތްތައް މިހާރު އޮންލައިންކޮށް މީރާގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އެވެ. އަދި ބަޔާންތައް ހުށައެޅުމާއި ފައިސާ ދެއްކުމުގެ ފުރުސަތު އެބަ އޮތެވެ.