އިންޑިއާއާ އިރާނާ ދެމެދު އޮތް ގުޅުމުގައި އެންމެ ބޮޑު އިސްކަމެއް އޮތީ އިގުތިސޯދަށް ކަމަށް އީރާނުގެ އިންތިހާބީ ރައީސް، އިބްރާހީމް ރައީސީ ވިދާޅުވެއްޖެ އެވެ. ގައުމީ އަދި ސަރަހައްދީ ރައްކާތެރިކަމަށާއި ސަލާމަތަށް ދެ ގައުމުން ދޭ އަހަންމިޔަތުކަން ވަކި ކުޑަނޫން ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރާ ތެހެރާންގައި ބައްދަލު ކުރައްވައި ރައީސީ ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ވަރަށް ގާތް ގައުމެއް ކަމަށާއި ގުޅުން ދެމެހެއްޓިފައި އޮތް ސަބަބަކީ އިގުތިސޯދީ ގޮތުން އެއްބާރުލުން ކަމަށެވެ.
ރައީސީ ވިދާޅުވީ ފަތުއަޑު ކިޔާފައި ދުނިޔެ ތަރައްތީވަމުންދާ ކަމަށާއި ދޭދޭ ގުޅުން ހިމާޔަތް ކުރުމުގައި ޖާނާއި މުދަލުގެ ރައްކާތެރި ކަމަށް ހޭދަ ކުރަން ޖެހެނީ ތަރައްގީއަށް ހުރަސް އެޅިދާނެތީ ކަމަށެވެ.
ޖައިޝަންކަރު ތެހެރާންގައި މަޑުކުރެއްވީ މޮސްކޯއަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. ރަޝިއާއަށް ވަޑައިގެން، ރަޝިއާއާ އިންޑިއާ އޮތް ގުޅުމާ ބެހޭ ގޮތުން ޕްރިމަކޯފް އިންސްޓިޓިއުޓްގައި ޖައިޝަންކަރު ވާހަކަ ދައްކަވާނެ އެވެ. އޭނާ މޮސްކޯގައި ދެ ދުވަހު މަޑުކުރައްވާނެ ކަމަށް އިންޑިއާ ނޫސްތަކުން ބުނެ އެވެ.
އިރާންގައި ޖޫން 18 ގައި އޮތް ރިޔާސީ އިންތިހާބުގައި ރައީސީ އަޣުލަބިއްޔަތު ހޯއްދެވި އެވެ. ރަސްމީކޮށް ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަން ލިބި ވަޑައިގެންނެވި ފުރުސަތުގައި ވިދާޅުވީ ދެމެހެއްޓެނިވި ގުޅުމެއްގެ އަސާސަކީ ޝައުގުވެރިކަން ކަމަށެވެ. އިތުބާރާއި ކަމޭހިތުން ނެތް ނަމަ ގުޅުމެއް ނޯންނަނެ ކަމަށް ވެސް ޖައިޝަންކަރަށް ދެންނެވި އެވެ.
އިންޑިއާއާ އިރާނަކީ ޒަމާންވީ ދެ އެކުވެރިންނެވެ. އެހެން ނަމަވެސް ދުނިޔޭގެ އޮއިވަރުގެ ނުފޫޒުގައި ދެ ގައުމުގެ ގުޅުން މަޑުޖެހޭ ފަހަަރު ވެސް އާދެ އެވެ.
އެމެރިކާގައި ޑޮނަލްޑް ޓްރަމްޕް ވެރިކަން ކުރެއްވިއިރު އިންޑިއާއަށް ވަކިކޮޅެއް އޮތީ ނަގަން ޖެހިފަ އެވެ. އެމެރިކާއަށް އެއްބާރުލުން ދޭން ހަދައިގެން އީރާނާއެކު އޮތް ހުޅުމަށް ފުސް ބުރައިގެން ދިއަ އެވެ. އިންޑިއާއާ އިރާން އެންމެ ފުޅާކޮށް ކުރަނީ ތެލުގެ ވިޔަފާރި އެވެ.