ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަނގަލާދޭޝްގެ ހާލަތު ރަނގަޅެއްނޫން

ބަނގުލަދޭޝްގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުކަށިކޮށް ލޮކްޑައުން ކޮށްފައި ވާއިރު ވެސް ހާލަތު ތައްކަތު ނޫން ކަމަށް ސިއްހީ އިދާރާތަކުން ބުނެ އެވެ.

ބަނގްލަދޭޝްއަށް ކޮވިޑް ވަދެގެންފައި ވަނީ ފާއިތުވި އަހަރު މާޗް މަހު އެވެ. އެއަށް ފަހު ހިތްހަމަ ޖައްސާލައިގެން ސިއްހީ އޮފިޝަލުންނަށް ތިބެވޭ ވަރު ވަނީ ނުވެފަ އެވެ. އަނެއްކޮޅުން ގައުމުގެ ހާލަތު އަނެއްކާ ވެސް ފެންނަނީ އަތުން ދޫވަމުން އަންނަ ތަނެވެ.

ފާއިތުވި 24 ގަޑިއިރު ބެލެވިފައި މިހާތަނަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު މުއްދަތު ކަމަށެވެ. ސިއްހީ އިދާރާތަކުން ބުނާ ގޮތުން އެއީ 11،651 މީހުންނެވެ. މަރުވި މީހުންގެ އަދަދު 199 އަރާފައި ވާއިރު ކޮވިޑްގައި ބަނގްލަދޭޝްއިން ޖުމުލަ 15،782 މީހަކު މަރުވެފައި ވެއެވެ.

ބަނގްލަދޭޝްގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އާންމު ދަތުރުފަތުރު ކޮންޓްރޯލްކޮށް އަދި ކޮވިޑް މަތަ ކުރުމަށް ގައުމުތަކުން ކުރާހާ ކަމެއް، އެ ގައުމުން ވެސް ވަނީ ކޮށްފަ އެވެ. އެހެން ނަމަވެސް ޖުލައި އެކެއްގައި ގައުމު ލޮކްޑައުން ކުރަން ޖެހުނުއިރު ވެސް ވައިރަސް ފެތުރޭ ސްޕީޑް މަޑުޖެހިފައި ނުވެ އެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުން ބަނގުލަދޭޝްގައި ކުއްލިއަކަށް ކޮވިޑް ގަދަވެގަތީ މީހުން ބަސް ނޭހުމުގެ ސަަބަބުންނެވެ. ސަރުކާރުގެ އިދާރާތަކުން ދޭ ނަސޭހަތަށް ނުބަލައި ހިތުހުރިހާ ގޮތަކަށް އުޅެގަތުމުން ހާލަތު ބަދަލުވީ އެވެ.

ގައުމުތަކުގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވާއިރު ބައެއް ފަހަރު ހާލަތަ ސަހަލުވެފައި އަނެއްބައި ފަހަރު މޭ ބޮޑުވާ ވަރު ވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމުން ހާލަތަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ.