ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަންގުލަދޭޝް ހޮސްޕިޓަލްތައް ފުރި ކޮޅުންލައިފި

ބަންަގުލަދޭޝްގެ ހޮސްޕިޓަލްތައް ފުރި ބަންޑުންވެއްޖެ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

އެގައުމުގައި ތައްކަތުނުވެ ފެތުރެމުންދާ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ސިއްހީ ނިޒާމު ކޮޅުންލާފައިވާ ކަމަށް ވެސް ސިއްހީ އިދާރާއިން ވަނީ ބުނެފަ އެވެ.

ވެރިރަށް ޑާކާގެ ހާލަތާ ބެހޭ ގޮތުން ސިއްހަތާ ބެހޭ ވަޒީރު، ޒާހިދު މާލިކު ވިދާޅުވީ ހޮސްޕިޓަލްތަކުގައި އެންމެ މީހަކަށް ވެސް ޖާގަ ނެތް ކަމަށާއި ސަރުކާރުން ހިތްވަކުރަމުން ގެންދާ ކަމަށެވެ. ޑެލްޓާ ވޭރިއަންޓް ފެތުރިގެންފައި ވަނީ އޮބިނޯންނަ ވަރަށް ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ ހާލަތު އިތުރަށް ގޯސްނުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޒާހިދު މާލިކު ވިދާޅުވި ގޮތުން ފާއިތުވި ދެތިން ދުވަހަކު ކޮވިޑް ރޭޓް ހުރީ ދާދި އެއް ހަމައެއްގަ އެވެ. ވަޒީރު ވިދާޅުވީ ސަރުކާރު އޮތީ ނޭވާ ހިފަހައްޓާލައިގެން ކަމަށާއި ކޮވިޑް ޖެހޭ އަަދަދު ކުއްލިއަކަށް އިތުރުނުވެއްޖެ ނަމަ ހާލަތު ދެމެހެއްޓިދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މުޅިން އަލަށް 4،000-5،000 ސިއްހީ އެހީތެރިން މުޅިން ޚިދުމަތަށް ނެރުއްވާނެ ކަމަށާއި ވެކްސިންދިނުން ދުވެލި އަސްކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ވެކްސިން ލިބޭނެ ގޮތްތައް ތަނަވަސްވެފައި ހުރި ކަމަށާއި ދެން އޮތީ މަސައްކަތް އަވަސްކުރުން ކަމަށެވެ. ވަޒީރު ވިދާޅުވީ މިމަހު އެކަނިވެސް 10 މިމިއަން ޑޯޒް ބަނގުލަދޭޝްއަށް ލިބޭނެ ކަމަށެވެ.

ބަނގުލަދޭޝްގެ ޑައިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސް ކުރުޝީދު އާލަމް ވިދާޅުވީ ހޮސްޕިޓަލްތައް އިތުރުކުރުމަކީ ކުއްލިއަކަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށާއި ޚިދުމަތްތައް ފުޅާކުރައްވާނެ ކަމަށެވެ.

ކޮވިޑުގެ ހާލަތުގައި މުއްސަނދި ގައުމުތަކުން ވެސް ފެނިފައި ވަނީ ބަލިކަށިކަން ކަމަށާއި ބަނގުލަދޭޝް އިން ވެސް ޚިދުމަތް ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދޭ އިރުޝާދަށް ބަރާބަރަށް ތަބާވެ ވަޑައިގަންނަވާނެ ކަމަށާއި ރަސްމީ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.

ބަނގުލަދޭޝްގެ އާބާދީއަކީ 170 މިލިއަނެވެ. ކޮވިޑްގައި މިހާތަށް 23،613 މީހު މަރުވެފައި ވާއިރު ބަލިޖެހޭ ރޭޓް އުޅެނީ 22.46 ޕަސެންޓްގަ އެވެ.