ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބަންގްލަދޭޝް

ބަނގްލަދޭޝްގައި ކޮވިޑް ވެކްސިންދޭން ފަށައިފި

ބަންގްލަދޭޝްގައި މުޅި އާބާދީއަށް ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ. މުޅި ގައުމަށް ވެކްސިން ދޭން ފަށާފައި މިވަނީ ބޮޑުވަޒީރު ޝެއިޚް ހަސީނާ ޖެނުއަރީ 27 ގައި ވެކްސިން ޕްރޮގްރާމް ވައްޓަވައި ދެއްވާފައި ވަނިކޮށެވެ.

ވެކްސިން ޕްރޮގްރާމަށް އާންމުން ޝައުގުވެރި ކުރުވުމަށް އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ހެލްތު މިނިސްޓަރު، ޒާހިދު މަލީގް ހިމެނިވަޑައިގަންނަވަ އެވެ. އަދި މަތީ ކޯޓްތަކުގެ ފަނޑިޔާރުންނާއި ސިއްހީ ދާއިރާގައި މަަސައްކަތްކުރާ އޮފިޝަލުން ވެސް ހިމެނެ އެވެ. ބަނގްލަދޭޝްގައި 1.005 މަރުކަޒެއްގައި ވެކްސިންދޭނެ އެވެ.

ބަނގްލަދޭޝްގައި އާންމުންނަށް ދެނީ އެސްޓްރަޒެނެކާ-އޮކްސްފޯޑް ވެކްސިނެވެ. އިންޑިއާއިން ހަތް މިލިއަށް ޑޯޒް ބަންގްލަދޭޝްއަށް ދީފައިވެ އެވެ. ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގަައި އެސްޓްރަޒެނެކާ ވެކްސިން އުފައްދަނީ ލައިސަންސް އޮވެގެންނެވެ. އަދި އެއީ ރައްކާތެރި ވެކްސިނެކެވެ. ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސަސް ބުނާ ގޮތުން 328،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ވެކްސިން ޖެހުމަށް ރެޖިސްޓާކޮށްފަ އެވެ.

ކޮވިޑް ވެކްސިން ޕްރޮގްރާމްގައި ބަނގުލަދޭޝްއިން ވެސް އަމަލުކުރާނެ ކަމަށް ބުނީ އެހެން ގައުމުތައް ފަދައިން، ސިއްހީ އޮފިޝަލުން ފަދަ މަގަތު ސަފުގައި މަސައްކަތްކުރާ މީހުންނަށް އިސްކަންދީގެން ކަމަށެވެ.

ބަނގްލަދޭޝްގައި 3.7 މިލިއަން މީހުން ކޮވިޑަށް ޓެސްޓްކޮށްފައި ވާއިރު 537،770 ވަނީ ކޮވިޑަށް ޕޮސިޓިވްވެފަ އެވެ. އަދި ކޮވިޑާ ގުޅުން ހުރި ހާލަތްތަކުގައި 8،190 މީހުން މަރުވެފައިވާ ކަމަށް ރިކޯޑްކުރެވިފައިވެ އެވެ.