ޓެކްނޯލޮޖީ

ގޭމިން މައުސް: ރޭޒާ ވައިޕާ 8ކޭ

ރޭޒާ ވައިޕާ 8ކޭ އަދި އަޖުމަނުބެލި އޮތް ދެމައުސް - އާދައިގެ މައުސް ބޭނުންކުރާނެ ކަމެއް ނެތް
0%
0%
0%

ގޭމިން މައުސްއާ އާދައިގެ މައުސްއާ ތަފާތުވާން ޖެހެނީ ކީއްވެބާއޭ ކުރިން ހިތަށް އެރި އެވެ. އެކަމަކު ދެން އެސުވާލެއް ނުކުރާނަމެވެ. ޓައިޕްކުރަން ވެސް މިހާރު މިބޭނުންކުރަނީ މެކޭނިކަލް ގޭމިން ކީބޯޑަކާއި ރޭޒާ ވައިޕާ އެއިޓްކޭ މައުސް އެކެވެ.

ގޭމިން މައުސްއެއް ބޭނުންނުކޮށް އޭގައި ހުރި ތަފާތާ މެދު ކިތަންމެ ވަރަކަށް ސުވާލުކުރި ނަމަވެސް، ގޭމިން މައުސްގައި ހުރި ފަސޭހަކަމެއް މޮޅުކަމެއް އަދި ގަދަފަދަކަމެއް ވެސް ނުވިސްނެ އެވެ. ހަގީގަތުގައި އާދައިގެ މައުސްގެ ބަދަލުގައި ބޭނުންކުރަން ރަނގަޅީ ގޭމިން މައުސްއެކެވެ. ވަގުތު ސަލާމަތްކުރެވޭތީ އެވެ.

މިއީ ރޭޒާ ވައިޕާ އެއިޓްކޭ އެވެ. އެއިޓްކޭ އަކީ ކޮންމޮޅުކަމެއް ބާއެވެ.؟

ގޭމިން މައުސްތަކުގައި އެންމެ މޮޅަށް ފައްކާކޮށްފައި ހުންނަނީ އޮޕްޓިކަލް ސެންސަރެވެ. ރޭޒާ ވައިޕާ އެއިޓްކޭގައި އަޅުވާފައި އިންނަނީ، ރޭޒާ ފޯކަސް ޕްލަސް އޮޕްޓިކަލް ސެންސަރެކެވެ.
ގޭމިން މައުސްތައް، އާންމުގެ މެދުގައި މަގުބޫލުނުވަނީ އަގުބޮޑުކަމުންނެވެ. ރޭޒާ ވައިޕާ އެއިޓްކޭ އަތުޖެހޭ ފަށަށް ގެނައުމަށްޓަކައި ހާހެއްހާ ރުފިޔާ ހޭދަކުރަން ޖެހެ އެވެ. ގޭމިން މައުސްއަކާ ބަލާފައި އަދި މިއީ ހެޔޮ އަގެކެވެ.

ރޭޒާ ވައިޕާ އެއިޓްކޭއާ މެދު ބުނެވޭނީ ގޭމް ކުޅޭ ކުދިންނަށް ވެސް އެންމެ ކަމުދާ މައުސްތަކުގެ ތެރޭގައި މިމައުސް ހިމެނޭ ކަމަށެވެ. ވަރަށް ފާސްޓެވެ. އެއްމެ ޝޮޓެއްވެސް ކައްސާލައިގެން ނުދެ އެވެ. މައުސް ކޮންމެ ތަނެއްގައި ބޭއްވި ނަމަވެސް މަސައްކަތްކުރެ އެވެ.

އުމުރުން ދުވަސްވާ ވަރަކަށް ފެޝަނުން ކަޓާފާނެ އެވެ. މައުސްގެ ކުލައަކަށް ބައްޓަމަކަށް ބަލާނެ ކަމެއް ނެތެވެ. މައުސް ބޭނުންކޮށްގެން ކުރަން އުޅޭ ކަމެއް ކުރެވެނީ ކިހާ ފަސޭހަ ކަމާއެކުތޯ ބަލާށެވެ. ގޭމިން މައުސްތައް ޑިޒައިންކޮށްފައި ހުންނަނީ އެންމެ އުންޑައެއް ވެސް މިސްނުވާ ގޮތަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345