ޓެކްނޯލޮޖީ

ވެލްވެގެ ހޭންޑް ހެލްޑް ކޮންސޯލް ދައްކާލައިފި

ވެލްވެއިން އެ ކުންފުނީގެ ހޭންޑްހެލްޑް ކޮންސޯލް "ސްޓީމް ޑެކް" އިއުލާންކޮށް ދައްކާލައިފި އެވެ.

މި އަހަރު ޑިސެމްބަރުގައި މާކެޓަށް ނެރޭ މި ކޮންސޯލް ބާޒާރުގައި ފަށާ އަގަކީ 399 އެމެރިކާ ޑޮލަރެވެ. އަދި މި ޑިވައިސްގެ އޮޕަރޭޓިން ސިސްޓަމަކަށް ބޭނުން ކުރަނީ ކަސްޓަމް ވިންޑޯސް އޯއެސް އެކެވެ. ތިން މޮޑެލެއް ނެރޭ ސްޓީމް ޑެކްގެ ދެން ހުރި މޮޑެލްތައް 529 ޑޮލަރާއި 649 ޑޮލަރަށް ގަންނަން ލިބޭނެ އެވެ.

"އޭމްޑީ ގެ އޭޕީޔޫ" އެއް އިންނަ މި ކޮންސޯލްގައި "ކުއަޑް ކޯ ޒެން 2" ގެ ސީޕީޔޫއެއް އިންނާނެ އެވެ. އަދި ވީޑިއޯ މެމޮރީގެ ގޮތުގައި "އޭއެމްޑީ އާރުޑީއެންއޭ 2" ގްރެފިކްސް ހިމެނެ އެވެ. މި ކޮންސޯލްގައި 16 ގީބީގެ "އެލްޕީޑީޑީއާރު 5" ގެ ރެމް ހިމަނާފައި ވެއެވެ.

ބޭސް މޮޑެލްގައި 64 ޖީބީގެ އީއެމްއެމްސީ ސްޓޯރޭޖް ހިމެނޭއިރު، 529 ޑޮލަރުގެ މޮޑެލްގައި 256 ޖީބީގެ "އެންވީއެމްއީ އެސްއެސްޑީ" ބޭނުން ކުރެ އެވެ. އަދި 649 ޑޮލަރުގެ މޮޑެލްގައި 512 ޖީބީގެ ހައިސްޕީޑް "އެންވީއެމްއީ އެސްއެސްޑީ" އިންނާނެ އެވެ. ވެލްވްއިން ބުނާ ގޮތުގައި އިތުރު ސްޓޯރޭޖް ހޯދުމަށް މައިކްރޯ އެސްޑީ ކާޑު ބޭނުން ކުރެވޭގޮތް މި ކޮންސޯލުގައި ހެދޭނެ އެވެ.

މި ޑިވައިސްގައި ހަތް އިންޗީގެ 720 ޕިކްސަލްގެ ޑިސްޕްލޭއެއް އިންނާނެ އެވެ. އަދި ކޮންޓްރޯލް ކުރުމަށް ހަތަރު "ޝޯލްޑާަ" ބަޓަން ގެ އިތުރުން ޑިވައިސްގެ ފަހަތުގައި ވެސް ހަތަރު ބަޓަން އިނދެ އެވެ. ދެ އެނެލޮގް އާއި ދެ ޓްރެކްޕެޑް މި ޑިވައިސްގައި އިންނަ އިރު ޑިރެކްޝަން ބަޓަން ތަކުގެ އިތުރުން "އޭ އެކްސް ވައި ބީ" ފިތްތަކެއް ވެސް ހުރެ އެވެ.

ހެޑްފޯން ޖެކެއް ހުންނާނެ އެވެ. އަދި ޗާޖް ކުރުމަށް ޓަކައި ޔޫއެސްބީ ޓައިޕް ސީ ޕޯޓެއް އިނދެ އެވެ. ސްޓީމް ޑެކް މިއަހަރު ޑިސެމްބަރު މަހުގައި ނެރެން ހަމަޖައްސާފައި ވާއިރު އަދި މި ޑިވައިސް ޕްރީއޯޑާ ކުރެވޭކަށް ނެތެވެ.