ޓެކްނޯލޮޖީ

އެންގްރީ ބާޑު ކުންފުނިން ތުރުކީގެ ރަބީ ގޭމްސް ގަންނަނީ

އެންގްރީ ބާޑް އުފެއްދުމުގެ ސަބަބުން ލިބުނު މަޝްހޫރުކަމުގައި ފިންލޭންޑްގެ ރޯވިއޯއަށް ދެވަރަ ލިބުނެވެ. އެކުންފުނި މިހާރު އުދުހެނީ އެވެ. ޓެކް ޚަބަރުތައް ބުނާ ގޮތުން ރޯވިއޯއިން ތުރުކީގެ ރަބީ ގޭމްސް ގަންނަން މަޝްވަރާކޮށް އޮތީ ހުރިހާ ކަމެއް ނިންމާފަ އެވެ.

ތުރުކީ އަކީ އިންޓަނެޓް ގޭމިންގައި މަޝްހޫރު ގައުމެކެވެ. ރަބީ ގޭމް ސްޓޫޑިއޯ އަކީ ތުރުކީގެ މޮބައިލް ގޭމިން މާކެޓްގައި ނުފޫޒުގަދަ ކުންފުންޏެކެވެ. ރަބީ ގޭމްތަކުގައި ތެރޭގައި ހަންޓާ އެސަސިން އާއި ހޭންޑީމޭން ތްރީޑީ އަދި ޑޮކްޓަ ކެއާ ފަދަ ނެއްޓެން ދަތި ގޭމްތައް ހިމެނެ އެވެ.

ރޯވިއޯ ބުނި ގޮތުން ފާއިތުވި އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރި ގޭމްތަކުގެ ތެރޭގައި ހަވަނައަށް އޮތީ ހަންޓާ އެސަސިން އެވެ.

ރޯވިއޯ އިން ހަމަޖައްސާފައި އޮތީ ހިއްސާތައް ބަހާލައިގެން ގަތުމަށެވެ. މިއަހަރު 20 ޕަސެންޓް 10 މިލިއަން ޑޮލަރަށް ގަނެފައި 2022 ގައި 50 ޕަސެންޓް، 80 މިލިއަން ޑޮލަރަށް ވުރެ އިތުރުނުވާ އަދަދަށް ގަންނަ ގޮތަށެވެ. ރަބީގެ ހުރިހާ ހިއްސާއެއް ފަސްއަހަރު ތެރޭގައި ރޯވިއޯ އަމިއްލަކުރާނެ ކަމަށްވެ އެވެ.

ރޯވިއޯގެ ސީއީއޯ، ޕެލެޓާ ނޮމާންޑް ވިދާޅުވި ގޮތުން ކުންފުނީގެ ވިޔަފާރި ތެރެއަށް ރަބީ ފައްތާލުމުން ފައިދާ ދެގުނަވެގެން ދާނެ އެވެ. އެއީ މިވަގުތަށް ގަނޑުކޮށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަބީއާ އެކު ރޯވިއޯއިން މޮބައިލް ގޭމިން މާކެޓް އިތުރު ގައުމުތަކަށް ފުޅާކުރާނެ އެވެ. ރޯވިއޯއިން އިންވެސްޓްމަންޓް ކަވަރުކުރަން ހަމަޖައްސާފައި އޮތީ ގޭމް ވިއްކުމާއި އިޝްތިހާރު ކޮށްގެންނެވެ.