މުލިއާގެ ކައިރިން ދިޔަ ދެ މީހަކު އެ މީހުން ގެންގުޅުނު ފޮށިގަނޑެެއްގައި ބޮމެއް އޮތް ކަމަށް ބުނުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން މުލިއާގެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މީހުން ހައްޔަރުކުރީ އެ މީހުންގެ އަތުގައި އޮތް ފޮށިގަނޑުގައި އޮތް ބޮން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލާގައި ކަމަށް އެނގިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ދެންމެ ވިދާޅުވީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.