މީޑިއާނެޓް

މީޑިޔާނެޓް މަލްޓިސްކރީނަށް "ބޮލީވުޑް ސަންޑޭސް"

ކޮންމެ އާދީއްތަ ދުވަހަކު މީޑިއާނެޓް މަލްޓިސްކްރީނަށް " ބޮލީވުޑް ސަންޑޭސް" ގެ ނަމުގައި ތަފާތު ހިންދީފިލްމެއް ޕްރިމިއަ
ކުރާނެ އެވެ.

ޖުލައި މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ "ބޮލީވުޑް ސަންޑޭސް" ވިޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހެވެ. އެދުވަހު ދައްކަނީ 2020 ވަނަ އަހަރު ޕްރިމިއާ ކޮށްފައިވާ " ސައިކޮލޮޖިކަލް ތްރިލާ" އެއް ކަމަށްވާ "ހެކްޑް" އެވެ.

މި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ހީނާ ހާން އާއި ޒުވާން ފަންނާނެއް ކަމަށްވާ ރޯހަން ޝާހް ފެނިގެން ދާނެ އެވެ. އަދި ސިޑް މައްކަރް އާއި ހިންދީ ޓީވީ ޝޯ އެއް ކަމަށްވާ "ސްޕްލިޓްސްވިލާ 2"ކުން ފާހަގަވި މޯހިތު މަނޯތުރާ ވެސް ފެނިގެންދެ އެވެ.

އެމްއެސްޓީވީއަކީ ލައިން ޓީވީ ޗެނަލްތަކާއި ވީއޯޑީ ފިލްމާއި ޓީވީ ސިލްސިލާ ބެލޭނެ އެޕްލިކޭޝަނެކެވެ. އަދި ކަސްޓަމަރުންނަށް ލޯކަލް އާއި އިންޓަނޭޝަނަލް ވީއޯޑީ ފިލްމާއި ޓީވީ ސިލްސިލާތައް ވެސް ބޭނުން އިރަކު ބަލާ ލެވޭނެ އެވެ. އެމްއެސްޓީވީން މީޑިއާނެޓްގެ އުފެއްދުންތައް ވެސް ބަލާލެވޭނެ އެވެ.

މަލްޓިސްކްރީން ބޭނުންކޮށްގެން ހެކްޑް އަދި މިނޫންވެސް ގިނަ ބޮލީވުޑް ފިލްމްތައް "ބޮލީވުޑް ސަންޑޭސް" މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި ގިނަ ޝޯތަކާއި ފިލްމްތަކުގެ އިތުރުން ޓީވީ ޗެނަލްތައްވެސް ބަލާލެވޭނެ އެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން މިހާރު އަލްޓްރާ ހައި ޑެފިނިޝަން އެންޑްްރޮއިޑް ޓީވީ ބޭނުން ކުރާ ފަރާތްތަކަށް ޑީކޯޑަރާއި ނުލާ ޓީވީ މެދުވެރިކޮށް ޗެނަލްތަކާއި ވީޑިއޯތައް ބެލޭގޮތްވެސް މީޑިއާނެޓުން ވަނީ ތައާރަފްކޮށްފަ އެވެ.

އެޕަލްގެ އެޕްސްޓޯ އަދި އެންޑްރޮއިޑް ޕްލޭސްޓޯ މެދުވެރިކޮށް މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ބޮލީވުޑް ސަންޑޭސް ބަލައިލެވޭނެ އެވެ. އަދި އެއަށް ޒިޔާރަތް ކޮށްގެން މި އެޕްލިކޭޝަން ޑައުންލޯޑު ކޮށްލެވޭނެ އެވެ.

މީޑިއާނެޓްގެ މަލްޓި ސްކްރީން ޓީވީ ބޭނުންކުރުމަށް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެެ. އަދި މި ހިދުމަތަށް ސަބްސްކްރައިބް ކުރުމަށް ޕޯޓަލް މެދުވެރިކޮށް ނުވަތަ މީޑިޔާނެޓުގެ ފްރަންޓް އޮފިސް އަދި އޮފިޝަލް ބިޒްނަސް ޕާޓްނާއެއް މެދުވެރިކޮށްވެސް ސަބްސްކްރައިބް ކުރެވޭނެ އެވެ.